logo

ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ: މެޓް

profile

ޒިދާން މުޙައްމަދު - 03 ޖޫން 2025 - 06:04

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނެފިއެވެ.

https://wamco.com.mv/

މެޓް އޮފީހުން ބުނީ، މޫސުން އެންމެ ގޯސްވާނީ އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ކަމަށެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި ހަ ފޫޓާ ދެމެދުގެ އުސްމިނުގައި ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

އެހެންކަމުން، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގުގެ ވިއްސާރައެވެ.

މިހާރު މި ހިނގާ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް ރޯނު ޖޫންމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ރޯނު ނަކަތުގައި ކަނޑު ގަދަވެފައި ވިއްސާރަކުރާނެއެވެ. ރޯނު ނަކަތުގައި ވިއްސާރައަކީ ގަދަ ވިއްސާރައެކެވެ.

ހުޅަނގު މޫސުމުގައި ހިމެނެނީ 18 ނަކަތެވެ.

ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:

  1. އައްސިދަ
  2. ބުރުނު
  3. ކެތި
  4. ރޯނު
  5. މިއަހެލި
  6. އަދަ
  7. ފުނޯސް
  8. ފުސް
  9. އަހުލިހަ
  10. މާ
  11. ފުރަ
  12. އުތުރަ
  13. އަތަ
  14. ހިތަ
  15. ހެއި
  16. ވިހާ
  17. ނޮރަ
  18. ދޮށަ މިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނާ ގޮތުގައި، ހުޅަނގުމޫސުމުގެ ވިއްސާރަ ކުރަން ފެށިއްޖެކަން ބެލުމަށް މިންގަނޑުތަކެއް ގެންގުޅެއެވެ. އެގޮތުން ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނު ކަމަށް ބަލަނީ 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމުންނެވެ. އަދި މިހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ އިތުރަށް ދެމިގެން ދިޔުމަކީވެސް ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނު ކަމަށް ބަލާ މިންގަނޑެވެ. މީގެ އިތުރުން ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުމާއި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ އިތުރަށް ދެމިގެންދިޔުމަކީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެކެވެ.

މިއަށްފަހު ދެން އޮތީ ޖޫންޖުލައިގެ ގަދަ ވިއްސާރައެވެ. ނުވަތަ މިއަހެލި ނަކަތެވެ.

ރާއްޖެއަށް އަންނަނީ މައިގަނޑު ދެމޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. އާންމުކޮއް ރާއްޖެއަށް ބޮޑައް ވިއްސާރަ ކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރު މަުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay