
ޝަކުވާއަކާއި ނުލައި އިންތިޙާބުގެ ދެވަނަ ބުރު ނިންމާލައިފި

ރިޟްވާން މޫސާ - 18 އޭޕްރީލު 2026 - 13:39
ލޯކަލް ކައުންސިލް އިންތިޙާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު ޝަކުވާ އަކާއި ނުލައި އިންތިޙާބުގެ ވޯޓުލުން ނިމިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެ އެވެ
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުބުރުގެ ވޯޓުލުމުގައި %72 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވަނީ ވިދާޅުވެފަ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ވޯޓުފޮށި ބަންދުކުރުމާ، ހަމައަށް އެއްވެސް ޝަކުވާއެއް އެ ކޮމިޝަނަށް ލިބިފައިނުވާކަމަށެވެ. އަދި ރިކޯޑުތަކުން ދައްކާގޮތުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ތެރެއިން 72 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށެވެ.
ދެވަނަ ބުރު ބާއްވާފައިވާ ދާއިރާތައް:
- ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - އެ ދާއިރާއަށް ވާދަކުރާނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހް.
- ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި) - އެ އިންތިހާބުގައި ވާދަކުރާނީ ޕީއެންސީގެ އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު ޝީޒާ އިބްރާހީމް.
- ހއ. ކެލާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ވާދަކުރާނީ އެމްޑީޕީގެ މަހުދިއްޔާ އާދަމާއި ޕީއެންސީގެ ހައްވާ ފަޒުނާ.
- ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ރިއުޒާ އާއި އަމިއްލަ ގޮތުން ވާދަކުރާ ފާތިމަތު ނިޝާދާ.
- ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު - އެ ދާއިރާއިން ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ޝާފިޔާ އާއި އެމްޑީޕީގެ މަރްޔަމް މާއިޝާ.
އީސީން ކުރިން ބުނެފައި އޮތީ އެ އިންތިހާބުގެ ވޯޓުލުން ބާއްވާނީީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އާދިއްތަ ދުވަހު އެވެ.





.gif&w=3840&q=75)