logo

ރައީސުލް ޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރަސްދޫއަށް ވަޑައިގެންފި

profile

ރިޟްވާން މޫސާ - 18 އޭޕްރީލު 2026 - 13:55

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އއ.ރަސްދޫ އަށް ވަޑައިގެންފި އެވެ

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާ މިއަދު ރަސްދޫ އަށް ވަޑައިގެންފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

ރައީސް ރަސްދޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ރަސްދޫއަށް ވަޑައިގަތުމުން ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ އެމަނިކުފާނާ އެކު ފޮޓޯ ނަންގަވާފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޙާބުގައި އއ.ރަސްދޫ އިން ހޯދި ކާމިޔާބީ ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާ ކުރުމާއި މަރުޙަބާ ދެންނެވުމަށް ރައީސް ކުރެއްވި ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ މިދަތުރުފުޅުގައި ރަސްދޫގެ ކައުންސިލާއި، ޑަބްލިއުޑީސީގެ މެންބަރުންނާއި، ވަކިން ބައްދަލުކުރައްވާނެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk