
ސުކޫކު ދައްކައިފިން، ނަތީޖާ ފެންނާނެ: މުންދު

ރިޟްވާން މޫސާ - 18 އޭޕްރީލު 2026 - 14:56
ސުކޫކް ދެއްކުމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތައް 10 ގުނަ އިތުރުވެފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް ސަރުކާރުން ވަނީ މި އެޕްރީލް މަހުގެ 2 ވަނަ ދުވަހު ދައްކާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖެ ބަނގުރޫޓް ވާނެކަމަށް ގޮވަމުން ދިޔަނަމަވެސް މި ސަރުކާރުން އެކަން ނުވާނެކަން ކަށަވަރުކޮށްދީފައިވާކަމަށެވެ. އެގޮތުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުން އިތުރު ދަރަންޏެއް ނުނަގާ ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ސުކޫކް ގުޅިފައި އޮތީ ޔޫއޭއީގެ ބޭންކްތަކަކާކަން ފަހާގަކުރައްވާ އޭނާ ވިދާޅުވީ ސުކޫކް އަނބުރާ ދެއްކުމާއެކު އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމަށެވެ. އިސް ތަރުޖަމާނުވަނީ އެމަނިކުފާނު ޔޫއޭއީގެ ސަފީރުކަމުގައި ހުންނެވިއިރު އޭގެ ނަތީޖާ ވަގުތުން ފެނުނަކަން ފާހަގަކުރައްވާފައެވެ.
ރާއްޖެއިން ސުކޫކު ދެއްކުމުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ޔޫއޭއީގެ އެކި ފަންޑުތައް އެކުގައި ތިބޭނެކަން ޔަޤީންކޮށްދީފައިވާކަމަށާއި އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތައް ކުރިއާއަޅާ ބަލާއިރު 10 ގުނަ އިތުރުވެފައިވާ އިސް ތަރުޖަމާނު ވިދާޅުވިއެވެ.
ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިޔަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން ޑޮލަރާއެކު ޖުމްލަ 524.68 މިލިޔަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭ ދުވަހުގެ 6 ދުވަސް ކުރިން މިމަހުގެ 2 ވަނަ ދުވަހު ސަރުކާރުން ވަނީ ދައްކާ ޚަލާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީން ކާމިޔާބުކޮށްފި
11 ގަޑިއިރު ކުރިން

ރައީސުލް ޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރަސްދޫއަށް ވަޑައިގެންފި
12 ގަޑިއިރު ކުރިން

އޯކިޑް މަގުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
12 ގަޑިއިރު ކުރިން

ޙަރަދު ކުޑަކުރަން ސަރުކާރުގެ ކުންފުނިތަކުން %33 މުއައްޒަފުން މަދުކުރަނީ
12 ގަޑިއިރު ކުރިން


.gif&w=3840&q=75)