އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީން ކާމިޔާބުކޮށްފި

ރިޟްވާން މޫސާ - 18 އޭޕްރީލު 2026 - 14:55
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު އެއްވަރުވި ދާއިރާތަކުގެ ވޯޓުލުން މިއަދު ބާއްވާފައިވާއިރު ޕީއެންސީން ކުރި ހޯދައިފި އެވެ
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީން ވަނީ މިއަދު ވޯޓުލުން ބޭއްވި ދާއިރާތަކުން ކުރި ހޯއްދަވާފަ އެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވެސް ޕީއެންސީން ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާންޖެހިފައެވެ.
މެޖޯރިޓީ އިންތިހާބުގައި ނަގާފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ. މީގެ އިތުރުން ހުރިހައި ސިޓީ ތަކެއްގެ މޭޔަރު ކަމުގެ ގޮނޑިވެސް ވަނީ އެމްޑީޕީން ކާމިޔާބު ކުރައްވާފަ އެވެ.
ނިމިދިޔަ އިންތިހާބާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އިންތިހާބުގައި ލިބުނު ނަތީޖާ އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުން ގޮތް ނިންމެވީ ކަމަށާއި، ރައްޔިތުންގެ ނިންމެވުމަށް އެމަނިކުފާނު އިޙްތިރާމް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އިންތިޙާބު ނިމުމުން އިންތިޙާބަށް އިޝާރާތް ކުރައްވައި ރައްޔިތުން ވާހަކަތަކެއް ވިދާޅުވެލެއްވި ވާހަކަ އާއި، ރައީސް އެ ވާހަކަތައް އަޑު އައްސަވާފައިވާ ކަމަށް ވެސް ނައިފަރު ދާއިރާގެ ކުރީގެ މެންބަރު އަދި ފިޝަރީޒް މިނިސްޓަރ ޝިޔާމް ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރައްވަން ޖެހޭ ހުރިހައި ކަމެއްވެސް ރަގަޅު ކުރައްވާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ސުކޫކު ދައްކައިފިން، ނަތީޖާ ފެންނާނެ: މުންދު
11 ގަޑިއިރު ކުރިން

ރައީސުލް ޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރަސްދޫއަށް ވަޑައިގެންފި
12 ގަޑިއިރު ކުރިން

އޯކިޑް މަގުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
12 ގަޑިއިރު ކުރިން

ޙަރަދު ކުޑަކުރަން ސަރުކާރުގެ ކުންފުނިތަކުން %33 މުއައްޒަފުން މަދުކުރަނީ
12 ގަޑިއިރު ކުރިން


.gif&w=3840&q=75)