
އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު
ކުއްލި ހާލަތްތައް މެނޭޖްކުރަން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ޒިންމާތައް ހިއްސާކުރަން މަގުފަހިވާނެ: އެމްއޭސީއެމް އެމްޑީ ޝަރީފް

މުޙައްމަދު ފަޟްލޫން - 28 ޖޫން 2026 - 17:20
ކުއްލި ހާލަތްތައް މެނޭޖްކުރަން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ޒިންމާތައް ހިއްސާކުރަން މަގުފަހިވާނެ ކަމަށް އެމްއޭސީއެމްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެންޑީއެމްއޭ އާއި ދިވެހި ރެޑް ކްރެސެންޓާއި ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާވިސް އާއި އެކު މިއަދު ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ އެއަރޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އެޅުނު ވަރަށް މުހިންމު އަދި ކާމިޔާބު ފިޔަވަޅެއް ކަމަށެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކިފަރާތްތަކުގެ ޒިންމާތައް ހިއްސާކުރުމަށް މަގުފަހިވާނެ ކަމަށް އެމްޑީ ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ މައި އެއަރޕޯޓަކީ އަބަދުވެސް ތަފާތު ބަދަލުތައް އަންނަ ތަނަކަށް ވުމާއެކު، އެއަރޕޯޓުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި އޮންނަ ފައިދާހުރި ކޯޑިނޭޝަންގެ ސަބަބުން ކަމަށްވެސް އެމްޑީ ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުއްލި ހާލަތްތަކަށް ތައްޔާރުވުމަކީ ވަކި އިދާރާއަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ހުރިހާ ހިއްސާދާރުންގެ މެދުގައި އޮންނަ އިތުބާރާއި، ހާމަކަންބޮޑު މުޢާމަލާތްތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަންވެސް ޝަރީފް ވިދާޅުވިއެވެ.
މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން އުފެދޭ ގުޅުންތަކުގެ ތެރެއިން އޮޕަރޭޝަނަލް އުސޫލުތައް އިތުރަށް ހަރުދަނާވެ، ގުޅިގެން ހިންގާ ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް އިތުރުވާނެ ކަމަށް އެމްއޭސީލއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.
މީގެ ސަބަބުން ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ގާބިލުކަން އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
އެން.ޑީ.އެމް.އޭ، އެމް.އެމް.އެސް އަދި އެމް.އާރް.ސީ އިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން، މި މަސައްކަތްތަކަކީ ފަސިންޖަރުންނާއި މުވައްޒަފުންގެ އިތުރުން މުޅި އޭވިއޭޝަން ދާއިރާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.
ލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަށްޓަކައި، ކަމާގުޅޭ ހުރިހާ އިދާރާތަކާއެކު އެމްއޭސީއެލް އިން އަބަދުވެސް ގާތުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ދެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ދައުލަތަށް ނުއުފުލޭވަރުގެ ބޮޑެތި ދަރަނިތައް ނެގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް: ސަލީމް
5 ގަޑިއިރު ކުރިން

ގުރައިދޫ މަގުތައް ތަރައްގީ ކުރަން ފަށައިފި
5 ގަޑިއިރު ކުރިން

ރިނބުދޫގައި 250 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް ފެނަކައިން ބަހައްޓައިފި
5 ގަޑިއިރު ކުރިން

ފްރެންޗްބީ އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)