
ފްރެންޗްބީ އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 28 ޖޫން 2026 - 15:05
ފްރާންސްގެ ބަޖެޓް އެއާލައިން ފްރެންޗް ބީ އިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއާލައިނުގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ފްރާންސްގެ ޕެރިހާއި ސްރީލަންކާގެ ކޮލަމްބޯ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގައެވެ.
މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ފްރެންޗް ބީގެ ސީއީއޯ މާކް އެންޓޮއިން ބްލޮންޑޯ ވިދާޅުވި ގޮތުގައި، ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމި ނިންމުމަކީ އެ އެއާލައިންގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މީގެ ކުރިން ދަތުރުނުކުރާ މި ދެ މަންޒިލަށް އަލަށް ދަތުރުތައް ފަށާއިރު، ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި، ހާއްސަކޮށް ރިސޯޓް ޓޫރިޒަމްގައި ނުހަނު މަގުބޫލު މަންޒިލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އެއާލައިންގެ ދަތުރުތައް ކުރިއަށްދާނީ ޕެރިސް އޯލީ އެއާޕޯޓުން ކޮލަމްބޯއަށް، އަދި ކޮލަމްބޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ދަތުރުތައް ތާވަލުކޮށްފައިވާ ގޮތަށް ބަލާއިރު:
ޑިސެމްބަރު 19 އިން ޖެނުއަރީ 10 އަށް: ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ހޮނިހިރު ދުވަހު.
ޖެނުއަރީ 11 އިން މާޗް 7 އަށް: ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު.
ޓިކެޓްގެ އަގުތަކަށް ބަލާއިރު، އިކޮނޮމީ ކްލާހުގެ ދަތުރުތައް 649 ޔޫރޯއިން ފެށޭއިރު، ޕްރީމިއަމް ކްލާހުގެ ދަތުރުތައް ފެށެނީ 1,399 ޔޫރޯއިން ކަމަށް އޭވިއޭޓާސް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ސިޓީ ކައުންސިލުން ބާއްވާ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު!
4 ގަޑިއިރު ކުރިން

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް ރާއްޖެ އަންނަނީ
4 ގަޑިއިރު ކުރިން

ޖިންސީ ގޯނާގެ މައްސަލައާއި ގުޅިގެން ފޮޓޯ އާއި މައުލޫމާތު އާންމުނުކުރަން އެޗްއާރުސީއެމުން އެދިއްޖެ
4 ގަޑިއިރު ކުރިން

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި މޫސުމީ އައު ރާޑަރާއި މެޓް އޮފީސް އެޅުމުގެ މަސައްކަތް ފަށަނީ
10 ގަޑިއިރު ކުރިން


