
ދައުލަތަށް ނުއުފުލޭވަރުގެ ބޮޑެތި ދަރަނިތައް ނެގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް: ސަލީމް

މުޙައްމަދު ފަޟްލޫން - 28 ޖޫން 2026 - 15:06
ދައުލަތަށް ނުއުފުލޭވަރުގެ ބޮޑެތި ދަރަނިތައް ނެގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ގަފޫރު މޫސާ ވަނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޑޮލަރުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮތް ނަމަވެސް، މިހާރު ޑޮލަރުގެ އަގު އުފުލެމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދަރަނި އަދާކުރުމަކީ ކޮންމެ ސަރުކާރަކަށްވެސް ލާޒިމު އިޖުރާއީ ޒިންމާއެއް ކަމަށާއި، އެކަމުގައި ސަރުކާރުން މެޑަލް ޖަހަން އުޅުމުގެ ބޭނުމެއް ނެތް ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ތަރައްގިވެފައިވާ ގައުމުތަކާއި ބޮޑެތި ވިޔަފާރިތަކުގައިވެސް ލޯނަކީ ކުރިއަށްދިއުމަށް ބޭނުންކުރާ މުހިންމު ވަސީލަތެއް ކަމަށެވެ. ނަމަވެސް، އަހަރަކު ދައްކަންޖެހޭ ދަރަނި 1 ބިލިއަން ޑޮލަރަށްވުރެ އިތުރުވުމަކީ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެއް ކަމަށާއި، އެ އަދަދު 300 މިލިއަން ނުވަތަ 500 މިލިއަން ޑޮލަރުގައި ހުރިނަމަ އިގްތިސާދަށް އެކަމުން މާބޮޑު ދައްޗެއް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ލޯނު ނެގުމުގައި އަބަދުވެސް މުސްތަޤުބަލަށް ރިޢާޔަތްކުރަންޖެހޭ ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. އަދި މިހާރު ނަގާ ދަރަނިތަކުގެ ސަބަބުން 2027 ނުވަތަ 2028 ވަނަ އަހަރާ ހަމައަށްދާއިރު، ދައުލަތުން ދައްކަންޖެހޭ އަދަދު އިންތިހާއަށް ބޮޑުވެ، ޤައުމުގެ އިގްތިސާދު ބަނގުރޫޓުވާ ހިސާބަށް ކަންކަން ގޮސްގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެންމެ މުހިންމު ކަމަކީ އެ ދަރަނިތައް އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ހަރުދަނާ ރޭވުންތެރިކަމެއް ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރުން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކުއްލި ހާލަތްތައް މެނޭޖްކުރަން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ޒިންމާތައް ހިއްސާކުރަން މަގުފަހިވާނެ: އެމްއޭސީއެމް އެމްޑީ ޝަރީފް
3 ގަޑިއިރު ކުރިން

ގުރައިދޫ މަގުތައް ތަރައްގީ ކުރަން ފަށައިފި
5 ގަޑިއިރު ކުރިން

ރިނބުދޫގައި 250 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް ފެނަކައިން ބަހައްޓައިފި
5 ގަޑިއިރު ކުރިން

ފްރެންޗްބީ އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)