
ގުރައިދޫ މަގުތައް ތަރައްގީ ކުރަން ފަށައިފި

މުޙައްމަދު ފަޟްލޫން - 28 ޖޫން 2026 - 15:06
ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރަސްމީކޮށް ފަށައިފިއެވެ.
ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، ރަށުގެ މައި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ވިއްސާރަ ދުވަސްވަރު ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ހަރުދަނާ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ޒަމާނީ މަގުބައްތިތައް ހަރުކުރުމާއި، ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
74.4 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢު ނިމުމާއެކު، ގުރައިދޫގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިން ކުރިމަތިވަމުންދާ ގިނަގުނަ ގޮންޖެހުންތަކަށް ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ވިއްސާރަވުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ކިސަޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް އެޅޭ ހުރަސްތައް ނެތިގެންދާނެއެވެ.
މީގެ ސަބަބުން ހިނގާބިނގާވެ އުޅުމާއި އުޅަނދުފަހަރު ދުއްވުމަށް ބޮޑެތި ފަސޭހަތަކެއް ލިބި، ރަށުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހަރަކާތްތަކަށް އާ ދިރުމެއް ލިބިގެންދާނެއެވެ.
ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖޭގެ ރަށްތަކުގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަން ހާމަކޮށްދޭ މުހިންމު މަސައްކަތެކެވެ.
އާރްޑީސީގެ އަމާޒަކީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، ފެންވަރު ރަނގަޅުކޮށް މަސައްކަތް ނިންމައި، ރައްޔިތުންނަށް މި މަޝްރޫޢުގެ ފުރިހަމަ މަންފާ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމެވެ.
ގުޅުން ހުރި ޙަބަރުތައް

ކުއްލި ހާލަތްތައް މެނޭޖްކުރަން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ޒިންމާތައް ހިއްސާކުރަން މަގުފަހިވާނެ: އެމްއޭސީއެމް އެމްޑީ ޝަރީފް
3 ގަޑިއިރު ކުރިން

ދައުލަތަށް ނުއުފުލޭވަރުގެ ބޮޑެތި ދަރަނިތައް ނެގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް: ސަލީމް
5 ގަޑިއިރު ކުރިން

ރިނބުދޫގައި 250 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް ފެނަކައިން ބަހައްޓައިފި
5 ގަޑިއިރު ކުރިން

ފްރެންޗްބީ އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)