ސްރީލަންކާ ސަރުކާރުން ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދަންނަވައިފި

މުޙައްމަދު ފަޟްލޫން - 04 މޭ 2026 - 11:31
ސްރީލަންކާ ސަރުކާރުން ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަށް މަރުހަބާ ދަންނަވައިފިއެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ރިޔާސީ ގަނޑުވަރު (ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓް) ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ރަސްމިއްޔާތަށް ވަޑައިގަތުމުން، އެމަނިކުފާނަށް ރަސްމީ އިސްތިޤުބާލެއް ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.
ރަސްމިއްޔާތުގެ ފެށުން ފާހަގަކުރީ 21 ބަޑީގެ ސަލާމަކުންނެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އެރުވުނު ސްރީލަންކާގެ އަސްކަރީ ގާޑް އޮފް އޮނަރއެއް އެމަނިކުފާނު ރިވިއުކޮށްދެއްވިއެވެ.
މަރުޙަބާ ދެންނެވުމުގެ މި ރަސްމިއްޔާތުގެ ތެރެއިން، ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށްދެވުނެވެ.
ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެންބަރުން ސްރީލަންކާގެ ރައީސަށް ތަޢާރުފުކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން، ދިވެހި ސަރުކާރުގެ ވަޒީރުންނާއި މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސްރީލަންކާގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވައި، ޢިއްޒަތްތެރި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މި ކުރައްވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 28 އިން 30 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދެޤައުމުގެ މަޖިލީހުގެ މެދުގައި ފަންނީ މައުލޫމާތު ބަދަލުކުރަން މަޝްވަރާކޮށްފި
2 ގަޑިއިރު ކުރިން

އަތޮޅު ކައުންސިލް އިއާދަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
4 ގަޑިއިރު ކުރިން

އެންސްޕާގެ ސީއީއޯ އަކަށް ސްޓޭޓް މިނިސްޓަރު ޝިރުނާ ހަމަޖައްސަވައިފި
4 ގަޑިއިރު ކުރިން

ދެގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ ރަމްޒެއްގެ ގޮތުން މަހާދޭވީ ޕާކްގައި ރައީސުލްޖުމްހޫރިއްޔާ ގަހެއް އިންދަވައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)