
އެންސްޕާގެ ސީއީއޯ އަކަށް ސްޓޭޓް މިނިސްޓަރު ޝިރުނާ ހަމަޖައްސަވައިފި

މުޙައްމަދު ފަޟްލޫން - 04 މޭ 2026 - 11:32
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާގެ ސީއީއޯ ގެ މަގާމަށް ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާ އައްޔަނުކުރައްވައިފިއެވެ.
އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް އައްޔަނުކުރެއްވި ޝިރުނާ އަކީ މީގެ ކުރިން ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވިއަން ބްލަޑް ސާވިސްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް، އެ ދުވަސްވަރު ތެލެސީމިއާ ސެންޓަރު ހިންގުމުގައި ދިމާވި ބައެއް ގޮންޖެހުންތަކާ ގުޅިގެން ގެނެވުނު އިދާރީ ބަދަލުތަކާއެކު، އޭނާ ފަހުން ހަވާލުވެވަޑައިގެން ހުންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ދަމަނަވެށި އަދި ބްލަޑް ބޭންކުގެ ކަންކަން ބެލެހެއްޓެވުމާއެވެ.
ގުޅުން ހުރި ޙަބަރުތައް

އަތޮޅު ކައުންސިލް އިއާދަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
ގަޑިއިރެއް ކުރިން

ދެގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ ރަމްޒެއްގެ ގޮތުން މަހާދޭވީ ޕާކްގައި ރައީސުލްޖުމްހޫރިއްޔާ ގަހެއް އިންދަވައިފި
2 ގަޑިއިރު ކުރިން

ރަސްމީ މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ނޫސްބަޔާން އިއްވަވައިފި
2 ގަޑިއިރު ކުރިން

ތަފާތު 7 ދާއިރާއަކުން ސްރީލަންކާ އާއި ރާއްޖެ އާއި ދެމެދު ގުޅުން ބަދަހިކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)