
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް
އަތޮޅު ކައުންސިލް އިއާދަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

މުޙައްމަދު ފަޟްލޫން - 04 މޭ 2026 - 12:14
އަތޮޅު ކައުންސިލްތައް އުވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބަދަލުކޮށް، އަތޮޅު ކައުންސިލްތައް ބާއްވަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ބޭރުކޮށްލައިފިއެވެ.
މި ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް އެވެ.
މެމްބަރު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަަން ފަށައި އެ ނިޒާމު ތަރައްގީކޮށް ހަރުދަނާކުރަމުންދަނިކޮށް އެ ނިޒާމުގައިވާ މުހިންމު ބައެއް ކަމަށްވާ އަަތޮޅު ކައުންސިލްތައް އުވާލުމުން، ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމަށް އުނިކަން އަންނާނެ ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަށް ފެށި މަސައްކަތެއްގެ ދަށުން ކަމަށާއި އެކަމާ ގުޅޭ ގޮތުން ދިރާސާއެއް އަދި މަޝްވަރާއެއް ވެސް ކޮށްފައި ނެތް ކަމަށް ސިޓީގައިވެއެވެ.
ސިޓީގައި ދެން ގުޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ނުކުތް ނަތީޖާއެވެ.
ހިޔާލު ހޯދުމުގެ ވޯޓުގައި 68.74 އިންސައްތަ މީހުން އެކަމާ ދެކޮޅަށް ވޯޓު ދިންކަން ސިޓީގައިވެއެވެ.
ނަމަވެސް، މަޖިލީހުން މިއަދު ވަނީ، މި އިސްލާހު ބަލައިނުގަނެ މަޖިލިހުން ބޭރުކޮށްލައިފައެވެ.
މި އިސްލާހު ބަލައިނުގަތުމަށް 53 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް 45 މެމްބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެ ބިލް މަޖިލިހުން ފާސް ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލް ތަސްދީގު ކުރައްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެންސްޕާގެ ސީއީއޯ އަކަށް ސްޓޭޓް މިނިސްޓަރު ޝިރުނާ ހަމަޖައްސަވައިފި
3 ގަޑިއިރު ކުރިން

ދެގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ ރަމްޒެއްގެ ގޮތުން މަހާދޭވީ ޕާކްގައި ރައީސުލްޖުމްހޫރިއްޔާ ގަހެއް އިންދަވައިފި
3 ގަޑިއިރު ކުރިން

ރަސްމީ މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ނޫސްބަޔާން އިއްވަވައިފި
3 ގަޑިއިރު ކުރިން

ތަފާތު 7 ދާއިރާއަކުން ސްރީލަންކާ އާއި ރާއްޖެ އާއި ދެމެދު ގުޅުން ބަދަހިކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)