logo

މިހާތަނަށް 96 މަސާޖް ޕާލާ ބަންދުކޮށްފިން: ރައީސް ޑރ މުއިއްޒު

profile

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 12:04

މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް މި މަހުގެ 9 ގައި ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 96 ތަނެއް ބަންދު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް ހުސްވި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ފެށި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ވަނީ ބަންދުކުރެވިފައިވާ ކަމަށެވެ.

މަސާޖު ޕާލާގެ ނަމުގައި ހަށިވިއްކަމުންދާ ތަންތަން ހިނގަމުންދަނީ އެފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމަށާއި އެކަމަކީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ ، މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ، ޢާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި ޢަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ޚިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށް ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
މަސާޖުޕާލާތަކުގެ ނަމުގައި މާލޭގައި ތަންތަން ހިންގާއިރު އެއީ ހަށިވިއްކުމަށް ހިންގާ ވިިޔަފާރިތަކެއް ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ.

ހާއްސަކޮށް ސޯޝަލް މީޑިއާގައި އެ ގޮތަށް ފާހަގަވާ ގޮތަށް އިޝްތިހާރުކޮށް، ބިދޭސީން ފާޅުގައި ދަނީ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ.

އެ ތަންތަން ރަޖިސްޓަރީ ކޮށްފައި ހުންނަނީ ދިވެހިންގެ ނަމުގައި ކަމަށް ވިޔަސް ހުރިހާ ބާރެއް ބިދޭސީންނަށް ދޫކޮށް، މާލޭގެ އެކި އެޕާޓުމަންޓުތައް ހިފައިގެން "ހަށިވިއްކާ" މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay