logo

ގުޅީފަޅުކައިރިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ ރައްޔިތެއް

profile

ޝަހްޒާ މުޙައްމަދު - 19 ޑިސެމްބަރު 2025 - 11:07

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

https://wamco.com.mv/

ފުލުހުން ބުނީ އެމީހާ ކަނޑަށް ވެއްޓިފައިވަނީ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން ކަމަށް އެނގިފައިވާ ކަމަށެވެ. ފުލުހުން ބުނީ އަދި އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާރޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ.

ކޯސްޓްގާރޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެ ދުވަހު 13:32 އެހައިކަންހާއިރު ކަމާށް ފުލުހުން ބުންޏެވެ. އެމީހާގެ ހަށިގަނޑު ކަނޑުން ނަގައިގެން ގެންދިޔައީ އައިޖީއެމްއެޗަށެވެ. މަރުވެފައި އޮތްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ) އެވެ.

ފުލުހުން ދަނީ މިހާރު މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay