
ރިސޯޓެއްގެ ޕޫލަކަށް ގެނބިގެން ކުޑަކުއްޖަކު ނިޔާވެއްޖެ

މުޙައްމަދު ފަޟްލޫން - 21 މާރިޗު 2026 - 21:42
ރިސޯޓެއްގެ ޕޫލަކަށް ގެނބިގެން ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާލެ އަތޮޅު ރިސޯޓެއްގެ ޕޫލަކަށް 2 އަހަރުގެ ކުޑަ ކުއްޖަކު ގެނބިގެން ނިޔާވި މައްސަލައެއް މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:54 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާދިސާގައި ނިޔާވެފައިވަނީ ހއ އުލިގަަމަށް އުފަން ވައިކަރަދޫގެ އުމުރުން 2 އަހަރުގެ އަބްދުالله ޒިޔަން އަހްމަދު އެވެ.
ފުލުހުން ބުނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ 2 އަހަރުގެ ކުޑަ ފިރިހެންކުއްޖަކު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭސް ހުސްނުވެ ރައްޔިތުންނަށް ލިބެންހުންނާނެކަމުގެ ޔަގީންކަން އަރުވަން: ވަޒީރު ސައީދު
3 ގަޑިއިރު ކުރިން

"ލޯންޗް އެކްސިޑެންޓް" އަތް ބުރިވި މީހާ އިތުރު ފަރުވާއަށް އިންޑިޔާ އަށް!
4 ގަޑިއިރު ކުރިން

އެސްޓީއޯ އިން ތެލުގެ ޝިޕްމަންޓެއް ގެނެސްފި
4 ގަޑިއިރު ކުރިން

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)