logo
އިގްތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދު

އިގްތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދު

އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭސް ހުސްނުވެ ރައްޔިތުންނަށް ލިބެންހުންނާނެކަމުގެ ޔަގީންކަން އަރުވަން: ވަޒީރު ސައީދު

profile

މުޙައްމަދު ފަޟްލޫން - 21 މާރިޗު 2026 - 20:37

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭސް ހުސްނުވެ ރައްޔިތުންނަށް ލިބެންހުންނާނެކަމުގެ ޔަގީންކަން އިގްތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ރައްޔިތުންނަށް އަރުވައިފިއެވެ.

https://wamco.com.mv/

އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިއުމުގެ އިތުރަށް ތެޔޮ ސަޕްލައިކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަަމަށެވެ.

މިހާލަތުގެ އަސަރު ދިވެހި ގައުމާއި ރައްޔިތުންނަށް ކުރާވަރު ވީހައިވެސް ކުޑަކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު ވަރަށް ހަލުވިކޮށް ރޭވުންތެރިކަމާއެކު ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނެ ގޮތުގެ މަތިން ސަރުކާރުން ދަމަހައްޓަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެސްޓީއޯ އިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި އަދި އޭގެ އިތުރުން ދުރާލާ ސަޕްލައިޔަރުންނާއެކު އެސްޓީއޯ އިން އެއްބަސްވެފައިވާ ނޮމިނޭޝަން އެރޭންޖްމެންޓެއްގެ ދަށުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ހަމަ އެފަދައިން އެސްޓީއޯއިން ސަޕްލައިޔަރުންނާއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރޙުތަކާ އެއްގޮތަށް ތެލުގެ އިތުރުނ ޝިޕްމެންޓްތައް ރާއްޖެ ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާތް الله ގެ ވާގިފުޅާއެކު އެއްވެސް ދަތިކަމަކާއި ނުލާ ރައްޔިތުންނަށް ބޭނުންވާ ކާޑާއި އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭސް ލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk