
އެސްޓީއޯ އިން ތެލުގެ ޝިޕްމަންޓެއް ގެނެސްފި

މުޙައްމަދު ފަޟްލޫން - 21 މާރިޗު 2026 - 19:30
އެސްޓީއޯ އިން ތެލުގެ ޝިޕްމަންޓެއް ގެނެސްފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ތަނުުގައި ތެލުގެ އިތުރު ޝިޕްމަންޓެއް އަންނާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ތެލާއި ގޭހުގެ ޑިމާންޑް އިތުރު ވުމުގެ ސަބަބުން މޯލްޑިވްސް ގޭސް އިން ގޭސް ދޫކުރަމުންދަނީ ލިމިޓްކޮށްގެންނެވެ. ނަމަވެސް ގޭހުގެ އައު ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.
ތެލުގެ އަގު ކަނޑައެޅުމުގައި ބަލަނީ ރާއްޖެއަށް އެތެރެކުރާ ޝިޕްމަންޓްތަކުގެ ވެއިޓެޑް އެވްރެޖް އަގަށް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލިފައިވި ނަމަވެސް އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށްގެން އާއްމުންނަށް ލިބޭ އަސަރު ކުޑަކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭސް ހުސްނުވެ ރައްޔިތުންނަށް ލިބެންހުންނާނެކަމުގެ ޔަގީންކަން އަރުވަން: ވަޒީރު ސައީދު
40 މިނިޓު ކުރިން
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ 1224 ޔުނިޓްގެ މަސައްކަތް ފަށައިފި
4 ގަޑިއިރު ކުރިން

ތިނަދޫ ސިޓީގައި ތަރައްޤީކުރި" ހޭހަން ޕާރކް" މޭޔަރ ސަޢުދު ޢަލީ ހުޅުވައިދެއްވައިފި
4 ގަޑިއިރު ކުރިން

ގދ. ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)