
ތިނަދޫ ސިޓީގައި ތަރައްޤީކުރި" ހޭހަން ޕާރކް" މޭޔަރ ސަޢުދު ޢަލީ ހުޅުވައިދެއްވައިފި

މުހައްމަދު މުޝްރިފް - 21 މާރިޗު 2026 - 17:03
ތިނަދޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، (ޑަބްލިއު ޑީސީ) ގުޅިގެން ތަރައްޤީ ކުރި ހޭހަން ޕާރކް ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީ ހުޅުވައިދެއްވައިފިއެވެ.
މި ޕަރކަކީ ތިނަދޫ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް ހިންގަމުންދާ އެކިއެކި މަޝްރޫޢު ތަކުގެ ތެރެއިން ތިނަދޫ ސިޓީއަށް ސިއްޚީ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށާއި ތިނަދޫ ސިޓީގެ ރައްޔިތުންގެ ތެރެއިން ގިނަ ވަގުތު ހޮސްޕިަޓަލުގައި ހޭދަ ކުރާފަރާތް ތަކަށް އަމާޒުކޮށްގެން ތަރައްޤީ ކުރެވުނު ޕާރކެކެވެ.
ތިނަދޫ ސިޓީ ކައުންސިލާއި ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ހިންގުނު މި މަޝްރޫއަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އަފި ތިނަދޫ ކައުންސިލްގެ މޭޔަރ ސަޢުދު ޢަލީ ގެ ފަރާތުން މި ހިނގާ 4 ވަނަ ދައުރުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެކި ސަރަޙައްދު ތަކުން ފެންނަން އެބަހުރި ކަމަށް ވެސް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެސްޓީއޯ އިން ތެލުގެ ޝިޕްމަންޓެއް ގެނެސްފި
32 މިނިޓު ކުރިން
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ 1224 ޔުނިޓްގެ މަސައްކަތް ފަށައިފި
3 ގަޑިއިރު ކުރިން

ގދ. ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
5 ގަޑިއިރު ކުރިން

މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)