
އެމްޑީޕީގެ ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހުރި ޒަހަރެއް: ފަލާހް

މުޙައްމަދު ފަޟްލޫން - 13 އޭޕްރީލު 2026 - 10:59
އެމްޑީޕީގެ ސިޔާސަތަކީ މިގައުމުގެ ދެކެ ލޯބިވާ ކޮންމެ ރައްޔިތަކަށް ހުރި ޒަހަރެއް ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ފަލާހް ވިދާޅުވީ އެމްޑީޕީގެ ސިޔާސަަތަކީ ދިވެހި ރައްޔިތުންނަށް ހުރި ޒަހަރެއް ކަމަށެވެ. އަދި އެނޫން ސިޔާސަތެއް އެޕާޓީ އަކަށް ނުދިރުވޭނެ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
އެމްޑީޕީގައި 2028 ވަނަ އަހަރު ވެރިކަމަށް އަންނާނެ އައު މޫނެއް އަދި އައު ސިޔާސަތެއް ނެތް ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
އެމްޑީޕީ އިން އަބަދުވެސް ދައްކަމުންދަނީ އެއްވާހަކަ އެއް އަދި ހަދަމުންދަނީ އެއް ދޮގުތަކެއް ކަމަށް ފަލާހް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުން ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައިފިކަން އެމްޑީޕީގެ މެމްބަރުންނަށް އެނގިގެން ގޮސްފައިވާ ކަމަށް ފަލާޙް ވިދާޅުވިއެވެ.
ރާއްޖޭގައި އުފައްދާފައިހުރި އެހެން ހުރިހާ ސިޔާސީ ޕާޓީތައް ވާދަކުރިނަމަ އެމްޑީޕީއަށް 10 ޕަސެންޓް ވެސް އިންތިހާބުގައި ނުލިބުނީސް ކަމަށް ފަލާހް ވިދާޅުވިއެވެ.
ޕީއެންސީ ފިޔަވައި އިތުރު އެހެން އެއްވެސް ޕާޓީއެއް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އާއި ވާދަ ނުކުރުމުން ވޯޓް ކޮޅެއް ލިބިގެން ކާމިޔާބު ކުރެވުނީ ކަމަށް ފަލާހް ވިދާޅުވިއެވެ.
ވޯޓެއް ލިބުނަސް ގޮނޑިއެއް ލިބުނަސް ބޮޑާވެ ކިބުރުވެރިވާން ނުވާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބަދަލުވަމުންދާ ސިޔާސީ އޮއިވަރު: ކައުންސިލް އިންތިހާބާއި އިސްތިއުފާތަކުގެ ހަގީގަތް
17 މިނިޓު ކުރިން

ޑެންގީ ޖެހިގެން ދިވެހި ޒުވާނަކު މަރުވެއްޖެ
2 ގަޑިއިރު ކުރިން

އެމްޑީޕީޢަށް ލޯކަލް ކައުންސިލް ކާމިޔާބުކުރެވުނީ ރައީސް ނަޝީދާއެކު: ޝުޖާއު
2 ގަޑިއިރު ކުރިން

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)