
ޑެންގީ ޖެހިގެން ދިވެހި ޒުވާނަކު މަރުވެއްޖެ

މުޙައްމަދު ފަޟްލޫން - 13 އޭޕްރީލު 2026 - 10:59
ޑެންގީ ހުން ޖެހިގެން ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ށ. މިލަންދުއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ.
ޑެންގީގެ އަލާމާތްތައް ފެނިގެން އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ށ. މިލަންދޫ ސިއްޙީ މަރުކަޒުގައެވެ. ނަމަވެސް، ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
އައިޖީއެމް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އެ ޒުވާނާ ނިޔާވެފައިވަނީ މިއަދު މެންދުރު 12:15 ހާއިރުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި މަސްތަކުގައި ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު ވަނީ ނިސްބަތުން އިތުރުވެފައެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓްކޮށްފައިވާއިރު، މާޗް މަހު އެ އަދަދު ވަނީ 535 އަށް މަތިވެފައެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު އިތުރުވުމެއްކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބަދަލުވަމުންދާ ސިޔާސީ އޮއިވަރު: ކައުންސިލް އިންތިހާބާއި އިސްތިއުފާތަކުގެ ހަގީގަތް
17 މިނިޓު ކުރިން

އެމްޑީޕީގެ ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހުރި ޒަހަރެއް: ފަލާހް
2 ގަޑިއިރު ކުރިން

އެމްޑީޕީޢަށް ލޯކަލް ކައުންސިލް ކާމިޔާބުކުރެވުނީ ރައީސް ނަޝީދާއެކު: ޝުޖާއު
2 ގަޑިއިރު ކުރިން

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)