
އެމްޑީޕީޢަށް ލޯކަލް ކައުންސިލް ކާމިޔާބުކުރެވުނީ ރައީސް ނަޝީދާއެކު: ޝުޖާއު

މުޙައްމަދު ފަޟްލޫން - 13 އޭޕްރީލު 2026 - 10:47
އެމްޑީޕީޢަށް ލޯކަލް ކައުންސިލް ކާމިޔާބުކުރެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ ރައީސް ނަޝީދުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީޢަށް ކާމިޔާބު ކުރެވުނުކަން އެޕާޓީގެ މެމްބަރުން ގަބޫލު ނުކުރާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
އެމްޑީޕީ އިން މިއަދު އުޅެނީ ޕާޓީ ހިންގޭނެ ގޮތެއް ނުފެނިގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެމްޑީޕީ ހިންގަން ނެގި ކޮމިޓީގައި މަޖިލީހުގައި ތިއްބެވި މާދަން ވެރިކަމަށް އަންނަން މަސައްކަތްކުރާ ބައެއް މެމްބަރުން ނުހިމެނުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
2021 ވަނަ އަހަރު އެމްޑީޕީ އިން ލޯކަލް ކައުންސިލް އިންތިހާބު މުޅި ރާއްްޖޭގެ ގޮނޑީގެ ނިސްބަތުން ކާމިޔާބު ކުރިނަމަވެސް 2023 ވަނަ އަހަރު އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނު ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ހެޔޮހިތުން ރައްޔިތުންގެ ނިންމުން ބަލައިގަނެފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސިޔާސަތަށް ގެންނަވަން ޖެހޭ އިސްލާހީ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ޝުޖާއު ވިދާޅުވިއެވެ.
ރައްޔިތުން ސަރުކާރަށް ބައެއް ކަންކަމަށް ބަދަލު ގެންނަން ޖެހޭ ކަން ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އިން ބުނެދީފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެ ބަދަލުތައް ގެނައުމުގެ ހިތްވަރު މިސަރުކާރުގެ ކިބައިގައި ހުރި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބަދަލުވަމުންދާ ސިޔާސީ އޮއިވަރު: ކައުންސިލް އިންތިހާބާއި އިސްތިއުފާތަކުގެ ހަގީގަތް
17 މިނިޓު ކުރިން

އެމްޑީޕީގެ ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހުރި ޒަހަރެއް: ފަލާހް
2 ގަޑިއިރު ކުރިން

ޑެންގީ ޖެހިގެން ދިވެހި ޒުވާނަކު މަރުވެއްޖެ
2 ގަޑިއިރު ކުރިން

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)