
އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ

މުޙައްމަދު ފަޟްލޫން - 19 މާރިޗު 2026 - 14:26
ދެކުނު އަދި މެދުތެރޭ އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައިވާ އެމެރިކާގެ ޚާއްޞަ މަންދޫބު ސާޖިއޯ ގޯ މި މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން ހާމަކޮށްފިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން ނެރުނު ބަޔާނެއްގައި ބުނީ، މި މާރިޗު މަހުގެ 19 އިން 24 އަށް ސާޖިއޯ ގޯ ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ. އޭނާ މިހާރު ވަނީ ލަންކާއަށް ވަޑައިގެންފައެވެ.
މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށްޓަކައި މަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ކުރައްވާ ދަތުރުފުޅެކެވެ
ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ސާޖިއޯ ގޯ ދިވެހި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޤްތިޞާދު ފުޅާކުރުމަށް އެހީތެރިވެދެވޭނެ ގޮތްތައް ބައްލަވައިލެއްވުމުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުން ވެސް މި ދަތުރުފުޅުގެ ތެރޭގައި ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު 1 ދުވަސް ދީފި
ގަޑިއިރެއް ކުރިން

2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު އައްޑޫ އިން ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

އީދު ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލްތައް މާލޭގެ 4 ސަރަހައްދެއްގައި ހުންނާނެ
4 ގަޑިއިރު ކުރިން

އީދު އުފާ ކުރިމަތިވާއިރު, މުސްލިމުންނަށް ގަދަރާއި ހައިބަތު ދެއްވުމަށް ރައީސް އެދިވަޑައިގެންފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)