
އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް ހެޔޮ އަގުގައި އެސްޓީއޯ މެދުވެރިކޮށް ލިބޭނެ: އިކޮނޮމިކް މިނިސްޓްރީ

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 12:56
ކުރިއަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށް، އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް ހެޔޮ އަގުގައި އެސްޓީއޯ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ކާބޯތަކެތީގެ އަގުތައް ހެޔޮކޮށް، ދެމެހެއްޓެނިވި އުސޫލަކުން ތަކެތި ފޯރުކޮށްދިނުމަށްޓަކައި އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން ވަނީ 23 ބާވަތެއް އަލަށް އިތުރުކޮށްފައެވެ.
އަލަށް އިތުރުކުރެވުނު ބާވަތްތަކުގެ ތެރޭގައި، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، އެންމެ ގިނައިން އެތެރެކުރާ 10 ބާވަތެއްގެ މޭވާއާއި، 10 ބާވަތެއްގެ ތަރުކާރީއާއި، މުގާއި ބިސް އަދި އަލުވި ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް އިތުރުކުރި 23 ބާވަތާއި، ކާޑުގެ 3 ބާވަތާއެކު ޖުމްލަ 26 ބާވަތެއް މި ރަމަޟާން މަހު އެސްޓީއޯގެ އައުޓްލެޓްތަކުން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ މޭވާގެ ބާވަތްތައް:
ދޮންކެޔޮ ، އާފަލް، އޮރެންޖް، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް، މޭބިސްކަދުރު،
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ
ރަތްފިޔާ، އިނގުރު، ކެރެޓް، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖް، ބަރަބޯ، ބޯވެލި
އިތުރު ބާވަތްތަކުގެ ތެރޭގައި ކުކުޅު ބިހާއި ކާށީގެ އިތުރުން ރީނދޫ މުގު ހިމެނެއެވެ.
އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ މި 26 ބާވަތް މާލެއާއި އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ އައުޓުލެޓުތަކުން ލިބެން ހުންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް މި ބާވަތްތައް އިތުރުކުރުމަށް ނިންމެވީ، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ތަކެއްޗަށާއި، އާންމު ދިރިއުޅުމުގައި ބޭނުންކުރާ މިންވަރަށާއި، އަދި އެ ތަކެތީގެ ސިއްޙީ ފައިދާއަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސްގެ ގަރާރަކުން ދެއިންތިހާބު އެއްކޮލުމާއި ބެހޭ އިސްލާހަށް ރައްޔިތުންގެ ވޯޓެއް ނަގަން ނިންމައިފި
24 މިނިޓު ކުރިން

ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް އަށް ބަދަލުކުރަނީ
ގަޑިއިރެއް ކުރިން

ވޭޕްގެ ވިޔަފާރިކުރި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރަން އާރްޑީސީއާ ހަވާލްކޮށްފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)