logo
ބޮޑުތަކުރުފާނު މަގު ހެދުމަށްޓަކައި އެސަރަހައްދުގެ ގަސްތައް ކަނޑަނީ: ފޮޓޯ: އަސްލު ޓީވީ ފަޒްލޫން

ބޮޑުތަކުރުފާނު މަގު ހެދުމަށްޓަކައި އެސަރަހައްދުގެ ގަސްތައް ކަނޑަނީ: ފޮޓޯ: އަސްލު ޓީވީ ފަޒްލޫން

މަގު ހެދުމުގެ ތިންވަނަ ސެގްމެންޓްގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް!

profile

ރިޟްވާން މޫސާ - 27 މާރިޗު 2026 - 09:37

މާލޭ ބޮޑުތަކުރުފާނު މަގު ހެދުމުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މަސައްކަތް ކުރާ ފަރާތް ކަމަށްވާ އެމްޓީސީސީން ބުނެފި އެވެ

https://wamco.com.mv/

މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެން ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ނެވެ.

ތިންވަނަ ސެގްމެންޓުގެ މަސައްކަތް މީގެ ކުރިން ފެށުމަށް ހަމަޖެހިފައި އޮތީ ނިމިދިޔަ ރަމަޝާން މަހުގެ ތެރޭގަ އެވެ. އެހެންނަމަވެސް ރަމަޝާން މަހުގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ނުނިމި ލަސްވެފައިވީ ނަމަވެސް މަގުހެދުމުގެ މަސައްކަތައް ވާންޖެހޭ ހުރިހައި ތައްޔާރީތަކެއް ވެފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ތިންވަނަ ސެގްމެންޓުގެ މަސައްކަތް ކުރިއަށްދަނީ މާލޭ ޖެޓީ ނަމްބަރު 1 އިން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލް އަށެވެ.

މިވަގުތު މަސައްކަތް ކުރިއަށް ގެންދަނީ ހުޅުމާލޭ ފެރީ ޓާރމިނަލް ސަރަހައްދުން ފެށިގެންނެވެ. މި މަސައްކަތުގައި އެސަރަހައްދުގައި ޒަމާނީ ފެންވަރަށް މަގު ހެދުމާއި، މަގު އިތުރަށް ފުޅާ ކުރުމުގެ އިތުރުން މަގުގައި ލައިޓް ހަރުކުރުމާއި، މާލެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް އިންދުންފަދަ ކަންކަން ކުރިއަށްދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވަ އެވެ.

ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk