logo
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކެޓަރ މުހައްމަދު ޝަރީފު ފޮޓޯ: އަސްލުޓީވީ ރިލްވާން

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކެޓަރ މުހައްމަދު ޝަރީފު ފޮޓޯ: އަސްލުޓީވީ ރިލްވާން

ރައްޔިތުންނަށް ބޯހިޔާވަހިކަން ގާއިމުކޮށްދެވޭތީ ފަޙްރުވެރިވަން: ބީއެމްއެލް ސީއީއޯ

profile

ރިޟްވާން މޫސާ - 26 މާރިޗު 2026 - 19:25

ރައްޔިތުންނަށް އަތްފޯރާ ފަށުގައި އަގުހެޔޮކޮށް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތެއް ކުރެވޭތީ އުފާ ކުރައްވާ ކަމަށާއި، އެކަމާ ފަޙުރުވެރިވާ ކަމަށް ބެންކް އޮފް މޯލްޑިސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކެޓަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް މިރޭ ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މި ހައުސިން މަޝްރޫއަކީ ދިވެހި ރައްޔިތުންނަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ވެލައްވާފައިވާ ވައުދެއް ރަމްޒްކޮށްދޭ އަދި ހަމަ އެހެންމެ ރައްޔިތުންގެ ދިރިއުޅުމާއި، ހަގީގީ ބަދަލެއް ގެނުވާނެ ބިޔަ މަޝްރޫއެއްގެ ދަށުން ހިންގާ އެއް މަޝްރޫއުގެ ބިންގާ އެޅުން ކަމަށެވެ.

ޝަރީފް ވިދާޅުވީ މި މަޝްރޫއަކީ ހުރިހައި ދިވެހި ރައްޔިތުންނަށް އިޖުތިމާއީ ތަރައްގީއާ ރައްކާތެރިކަން ކަށަވަރުކޮށްދީ ދިވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދީ އަދި އަގުހެޔޮ ބޯހިޔާވަހިކަމެއް ގެނެސްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ކަމަށެވެ.

ބޯހިޔާވަހިކަމަކީ އިޖުތިމާއީ މައިތަނބެއްގެ ގޮތުގައި ފާހަގަކުރައްވައި ގައުމީ އެޖެންޑާގެ އެންމެ ކުރިއަށް ނެރުއްވާފައިވާކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ ބޯހިޔާވަހިކަން އެންމެނަށް މި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ނޭޝެނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓް ފާސްކުރެވިގެން ދިއުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ނުހަނު ބޮޑަށް ދިމާވެފައިވާ މި ގައުަމަށް ސާފު މިސްރާބެއް ކަނޑައެޅިގެން ދިޔަ ކަމެއް ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތްކުރާ މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އާރުސީސީ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރެކްޝަން މަސައްކަތްކުރާ ތަޖުރިބާކާރު ކުންފުންޏެކެވެ.

ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޒް-ޓު-އޯން ނުވަތަ ކުލި ދައްކަމުންގޮސް މިލްކުވާ މޮޑެލްއެއް ފުޅާ ދާއިރާއެއްގައި ތަޢާރަފުވެގެންދާނެ ކަމަށެވެ.

މީގެ ސަބަބުން ކުރިން އިކުއިޓީ ނުވަތަ އެޑްވާންސަށް ދޭންޖެހޭ ބޮޑެތި ފައިސާގެ އަދަދު ދެއްކުމުގެ ބުރަ ކުޑަވެ، އަތްފޯރާފަށުގެ މަހު ކުއްޔެއްގައި، އާއިލާތަކަށް ކުއްޔެއް ދައްކަމުންގޮސް އެމީހުންގެ އަމިއްލަ ގެދޮރު މިލްކުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk