
އުތީމު ބަނދަރު ތަރައްގީކުރަން އެޓީސީސީއާ ހަވާލުކޮށްފި

ރިޟްވާން މޫސާ - 26 މާރިޗު 2026 - 13:41
ހއ. އުތީމު ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ކޮންސްޓަރކްޝަން އެންޑް އިންފްރާސްޓަރަކްޗަރ މިނިސްޓްރީގައި ގައި ބޭއްވި ރަސްމިއްޔާތެއްގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ.
އެމްޓީސީސީގެ ފަރާތުންް ސޮއިކުރީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފް އެވެ.
510 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތުގެ އަގަކީ ޖުމްލަ 88.63 މިލިއަން ރުފިޔާ އެވެ.
މި މަޝްރޫއުގެ ދަށުނ،ް 61,870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއ،ި 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 409 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.
އޭގެއިތުރުން 417 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 81 މީޓަރުގެ ސަރަ ހައްދެއްގައި ގްރޮއިން ޖެހުމާއ،ި 1703 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންނަށް ބޯހިޔާވަހިކަން ގާއިމުކޮށްދެވޭތީ ފަޙްރުވެރިވަން: ބީއެމްއެލް ސީއީއޯ
38 މިނިޓު ކުރިން

ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި
2 ގަޑިއިރު ކުރިން

"ޓާޓާބައި މޯލްޑިވްސް ފޯ-ސިޓީ ރޯޑްޝޯ" ވިޒިޓް މޯލްޑިވްސްއިން އެންޑޯޒްކޮށްފި
6 ގަޑިއިރު ކުރިން

ހުރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދު ތަކުން ފީއެއް ނަގަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)