logo

"ޓާޓާބައި މޯލްޑިވްސް ފޯ-ސިޓީ ރޯޑްޝޯ" ވިޒިޓް މޯލްޑިވްސްއިން އެންޑޯޒްކޮށްފި

profile

ރިޟްވާން މޫސާ - 26 މާރިޗު 2026 - 14:12

އިންޑިއާގައި ބާއްވާ "ޓާޓާބައި މޯލްޑިވްސް ފޯ-ސިޓީ ރޯޑްޝޯ" ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރަސްމީކޮށް އެންޑޯޒްކޮށްފިއެވެ. މި ރޯޑްޝޯއަކީ "ޓާޓާބައި ޓުއާސް" އިން އިންތިޒާމުކޮށްގެން ބާއްވާ ރޯޑްޝޯއެކެވެ.

https://wamco.com.mv/

މި ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 އިން އޭޕްރީލް މަހުގެ 4 އަށް، ހުޅަނގު އިންޑިއާގެ މުހިންމު ހަތަރު ސިޓީއެއް ކަމަށްވާ އަހުމަދުއާބާދު، ވަޑޯދަރާ، ސޫރަތު އަދި ޕޫނޭގައެވެ.

ދިވެހި ރާއްޖެ އަކީ ދުނިޔޭގެ ފެންވަރުގައި ފަތުރުވެރި ކަމުގެ ދާއިރާގައި އެންމެ މަގުބޫލު މަންޒިލަށްވާއިރު އަވަށްޓެރި އިންޑިޔާއިން ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު ނިސްބަތުން ގިނަ ކަން ފާހަގަކުރެވެ އެވެ. ޓާޓާބައި ޓުއާސްއަކީ ރާއްޖެއަށް އެންމެ ގިނަ އިންޑިއާ ފަތުރުވެރިން ފޮނުވުމުގައި އެހީތެރިވެދޭ އެއް ކުންފުންޏެވެ.

އިންޑިއާގެ ހަތަރު ސިޓީއަކަށް އަމާޒުކޮށްގެން ހިންގާ މި ހަރަކާތަކީ އިންޑިއާގެ މާކެޓުގައި ރާއްޖެއަށް އަމާޒުކޮށްގެން ބޭއްވުމަށް ރާވާފައިވާ އެންމެ ބޮޑު އެއް ރޯޑްޝޯ ކަން ފގާހަގަކޮށްލެވެ އެވެ.

އިންޑިޔާގައި ބާއްވާ މި ހަރަކާތައް ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކލަތް ކުރާ ފަރާތްތަކުން ދުރާލައި ތައްޔާރުވެފައި ވާއިރު މި ހަރަކާތައް ރާއްޖެ ތަމްސީލު ކުރުމަށްޓަކައި މި ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވާނެއެވެ.

މިއިން ކޮންމެ ސިޓީއެއްގައިވެސް ޓްރެވަލް އެޖެންޓުންނާއި، ޓުއާ އޮޕަރޭޓަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކަށް ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ރާއްޖޭގެ 130 އަށްވުރެ ގިނަ ރިސޯޓާއެކު ސީދާ އެއްބަސްވުންތައް އޮންނަ މި ކުންފުންޏަކީ އިންޑިއާގެ މާކެޓަށް އެންމެ އެކަށޭނަ އަގުތަކާއި، ވަގުތުން ލިބެން ހުންނަ ޖާގަތަކާއި، ޚާއްޞަ އޮފާތައް ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk