logo

ހުރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދު ތަކުން ފީއެއް ނަގަނީ

profile

ރިޟްވާން މޫސާ - 26 މާރިޗު 2026 - 13:42

ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ތައްޔާރުވެ، އީރާންގެ ޤާނޫނުހަދާ މަޖިލީހަށް ބިލެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

https://wamco.com.mv/

މެދުއިރުމަތޫގެ ހަނގުރާމަ އާއި ގުޅިގެން އީރާނުން ވަނީ ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެހެން ކަމުން މީގެ ކުރިން ހުރުމުޒް ކަނޑު އޮޅި ހުރަސްކޮށް ތެޔޮ ބަރުކޮށްގެން ދާ އުޅަނދު ފަހަރަށް އެފުރުސަތު ވަނީ ބަންދުވެ ފަ އެވެ.

މިކަމުގެ އަސަރު މުޅި ދިނިޔެއަށް ކުރިމަތިވެފައިވާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދެގުނައަށްވުރެން ބޮޑަށްވެސް އުފުލިފަ އެވެ.

އީރާނުން ވަނީ ހުރުމުޒް ކަންޑު އޮޅި ބަންދުކޮށްފައި އޮތަސް މަދުމަދުން އެފުރުސަތު އެހެން ފަރާތްތަކަށް ދެމުންނެވެ. އެގައުމުން ވަނީ އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް އާގުބޯޓުފަހަރަށް އެއްވެސް ވަރަކަށް ނުވަދެވޭހެން ބަންދުކޮށްލާފަ އެވެ.

އީރާންގެ ޤާނޫނުހަދާ މަޖިލީހުގެ މަދަނީ ދާޚިލީ ކަންކަމާ ބެހޭ ކޮމިޓީން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ބިލެއް ފަރުމާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ހާމަކުރައްވާފަ އެވެ.

އީރާންގެ ޤާނޫނުހަދާ މަޖިލީހުގެ މަދަނީ ދާޚިލީ ކަންކަމާ ބެހޭ ކޮމިޓީގެ މުގައްރިރާއި ހަވާލާދީ އީރާންގެ ފާރިސް އަދި ތަސްނީމް ނޫން އޭޖެންސީން ބުނީ، ހުރްމުޒުން ފީއެއް ނެގުމާ ގުޅޭ ބިލު ފަރުމާކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ޤާނޫނުހަދާ މަޖިލީހުގެ ޤާނޫނީ ޓީމުން ބިލާ ގުޅޭ އެންމެ ފަހުގެ މަރުޙަލާތައް ފުރިހަމަކުރަމުންދާ ކަމުގައެވެ.

އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓައިލުމަށް ޓްރަމްޕް މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި، 15 ނުކުތާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް އޭނާ ވަނީ އީރާނަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަން އީރާނުގެ އޮފިޝަލުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް، އޭގެ ބަދަލުގައި ފަސް ޝަރުޠެއް ކަނޑައަޅައި، އީރާނުން ވަކި ރޭވުމެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk