
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 53 އިންސައްތައަކީ އަންހެނުން

ރިޟްވާން މޫސާ - 27 މާރިޗު 2026 - 10:39
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ އަންހެން ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ކުރިއެރުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް ގެންދާއިރު މިއަހަރުގެ މިހާތަނަށް ޖުމްލަ 611,439 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 592,490 ފަތުރުވެރިންނާ އަޅާ ބަލާއިރު 3.2 އިންސައްތަ އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާޢްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކޮށްފައި ވަނީ އަންހެން ފަތުރުވެރިންނެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 53.9 އިންސަތަ އެވެ.
ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 45 އަހަރާއި 54 އަހަރާ ދެމެދުގެ ފަތުރުވެރިންނެވެ. މި އުމުރުގެ ފަތުރުވެރިންގެ 13.1 އިންސައްތައަކީ އަންހެން ފަތުރުވެރިންނެވެ. އަދި 9.5 އިންސައްތައަކީ ފިރިހެން ފަތުރުވެރިންނެވެ.
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް 91,506 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއިން 74,453 ފަތުރުވެރިން ޒިޔާރަތްކުރިއިރު، 3 ވަނައިގައި އޮތް އިނގިރޭސިވިލާތުން 57,471 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ބަޖެޓް ސާޕްލަސްއެއްގައި
9 ގަޑިއިރު ކުރިން

މަގު ހެދުމުގެ ތިންވަނަ ސެގްމެންޓްގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް!
10 ގަޑިއިރު ކުރިން

ރައްޔިތުންނަށް ބޯހިޔާވަހިކަން ގާއިމުކޮށްދެވޭތީ ފަޙްރުވެރިވަން: ބީއެމްއެލް ސީއީއޯ
ދުވަހެއް ކުރިން

ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)