logo
މާލޭ ސިޓީ މިސްކިތެއް

މާލޭ ސިޓީ މިސްކިތެއް

ރޯދަމަހަށް މާލެ ސިޓީގެ މިސްކިތަކުގެ އާބާތުރަ ފިލުވައި މަރާމާތު ކުރުމުގެ ގޮތުން އަންނަ ހުކުރު ދުވަހު ތެލެތޯންއެއް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި

profile

ޔޫޝައު ހަސަން - 04 ޖެނުއަރީ 2023 - 18:04

ކުރިއަށް އޮތް ރޯދަމަހަށް މާލެ ސިޓީގެ މިސްކިތަކުގެ އާބާތުރަ ފިލުވައި މަރާމާތު ކުރުމުގެ ގޮތުން އަންނަ ހުކުރު ދުވަހު ތެލެތޯންއެއް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

https://wamco.com.mv/

މި ތެލެތޯން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ސަރުކާރުން މާލެ ސިޓީ މިސްކިތްތައް ކައުންސިލާއި ހަވާލުކުރި އިރު މަރާމާތުގެ މަސައްކަތަށް އެއްވެސް ބަޖެޓެއް ހަމަޖައްސައިދީފައި ނުވުމުން ކަމުގައި އެ ކައުންސިލްގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

"އެހެންކަމުން އެތަންތަނުގެ މެއިންޓެއިން މަސައްކަތްތަކާއި މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވެއެވެ." ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި، ޓެލެތޯން އިން ލިބޭ ފައިސާއިން ރޯދަ މަހުގެ ކުރިން މާލެ ސިޓީ ހުރިހާ މިސްކިތްތަކުގައި ކުރަން ޖެހޭ މަރާމާތުތައް ކުރެވިގެން ދާނެކަމުގައްޔާއި މި ޓެލެތޯން ބާއްވަނީ އާންމުންނާއި ވިޔަފާރިވެރިންގެ އެހީއާއެކު މިސްކިތްތައް މަރާމާތުކުރުމަށް ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

ޓެލެތޯން ދެއްކުމަށް އަދި ހަމަޖެހިފައިވަނީ ޗެނަލް13 އިން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ޓެލެތޯން ދެއްކުމަށްޓަކައި އެހެން ޗެނަލްތަކާ އެކު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މިވަގުތު މާލޭ ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގެ 34 މިސްކިތެއް ބަލަހައްޓައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay