
ޗާލު މިސްކިތް ޙަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ވާހަކަ ދައްކަވަނީ
މިސްކިތްތަކުގެ މަރާމާތަށް 9 މިލިއަން ރުފިޔާ ބޭނުންވޭ - މޭޔަރ

ޔޫޝައު ހަސަން - 07 ޖެނުއަރީ 2023 - 09:28
މާލެ ސިޓީގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ސަރުކާރުން އަހަރެއްގެ މައްޗަށް ދެނީ އެންމެ އެއް މިލިއަން ރުފިޔާ ކަމަށާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް މިހާރު ވެސް ނުވަ މިލިއަނެއްހާ ރުފިޔާ ބޭނުންވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ސަރުކާރުން ފޯރުކޮށް ނުދިނުމުގެ ސަބަބުން އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ” ޗާލު މިސްކިތް ”، ހަރަކާތް ފައްޓަވާ ދެއްވަމުން މޭޔަރު ވިދާޅުވީ މާލޭގެ މިސްކިތްތައް މަރާމާތު ކުރަން ސަރުކާރުން ދޭ އެއް މިލިއަން ރުފިޔާއަކީ މިސްކިތްތައް މަރާމާތު ކުރަން އެކަށޭނެ އަދަދެއް ނޫން ކަމަށެވެ. އެހެންކަމުން ، ދެ ދުވަހުގެ މުއްދަތަކަށް މި ހަރަކާތް ކުރިއަށްގެގޮސް ފައިސާގެ އެހީ ހޯދުމަށް ކައުންސިލަށް މަޖުބޫރު ވީކަމުގައެވެ.
“މާލެ ސިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެންމެ އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި އޮތީ މާލޭގެ މިސްކިތްތައް ޒީނަތްތެރިކުރުން. އަޅުގަނޑުމެންގެ ފަލްސަފާއެއް ގޮތުގައި ޕްލޭންގައި ފާސްކޮށްފައި އޮންނާނީ މާލޭގެ އެންމެ ރީތި ބިނާތައް ކަމުގައި ވާންޖެހޭނީ މިސްކިތްތައް ކަމަށް.” މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މިހާރު އޮތް ކައުންސިލްގެ ދައުރު ފެށުނު އިރު މާލޭ މިސްކިތްތަކުގައި މަރާމާތަށާއި އާބާތުރަ ފިލުވުމަށް 14 މިލިއަން ރުފިޔާގެ މަސައްކަތް ކުރަން ހުރި ކަމަށެވެ. އޭގެ ތެރެއިން ހަތަރު މިލިއަން ރުފިޔާގެ މަސައްކަތް ކައުންސިލުގެ ބަޖެޓުންނާއި އެހެނިހެން ގޮތްގޮތުން ކޮށްފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމުގެ ގޮތުން ހުކުރު ދުވަހު ތެލެތޯންއެއް
2 އަހަރު ކުރިން

މިސްކިތްތައް މަރާމާތު ކުރަން ފައިސާ ހޯދާތީ މިނިސްޓްރީން ކަންބޮޑުވެއްޖެ
2 އަހަރު ކުރިން

މިސްކިތްތައް މަރާމާތު ކުރަން ފައިސާ ނެތުމަކީ ލަދެއް - ނާޒިމް
2 އަހަރު ކުރިން

"ޗާލު މިސްކިތް" ޙަރަކާތުން 7 ލައްކަ ރުފިޔާ!
2 އަހަރު ކުރިން