logo

114 ދަޅު ބަގުރަލާ އެކު މީހަކު ހައްޔަރުކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 11 ސެޕްޓެމްބަރު 2024 - 12:56

ބަނގުރަލާ އެކު ހުޅުމާލެއިން ހައްޔަރުކުރި މީހާގެ ވަނަވަރު (ފޮޓޯ: ފުލުހުން)

ބަނގުރަލާ އެކު ހުޅުމާލެއިން ހައްޔަރުކުރި މީހާގެ ވަނަވަރު (ފޮޓޯ: ފުލުހުން)

114 ދަޅު ބަނގުރަލާ އެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ކާލޫ ނަމަކަށް ކިޔާ މީހަކު ބަނގުރަލާ އެކު ހައްޔަރުކުރީ ހުޅުމާލޭ ފޭސް 1ގެ މިދިލިމަގުން ކާރެއް ހުއްޓުވައި ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަންގައި އޭނާގެ އަތުން 114 ދަޅު ބަނގުރަލުގެ އިތުރުން 4 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނުން ދަނީ ބަލަމުން ނެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 1،153 އަކަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލަ އެ ހިދުމަތުން ބަލާފައިވެ އެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް މަސްތުވާތަކެތީގެ 137 މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.

tel:+9607331319