
ވިލިމާލެ ހޮސްޕިޓަލް
ވިލިމާލެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފަށައިފި

އައިޝަތު އިނާޝާ - 27 އޮކްޓޯބަރު 2024 - 12:40
ވިލިމާލެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފަށައިފިއެވެ.
މިކަމަށްޓަކައި ވިލިމާލޭ ހޮސްޕޓަލުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ އިސްވެރިން އަދި ވިލިމާލެ ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.
ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލް އިތުރަށް ތަރައްްޤީކުރުމަށް މިހާރު ވަނީ 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ.
ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވަނީ މި ފެށޭ އަހަރުއެވެ. އަދި 3 އަހަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނިންމާ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ވިލިމާލެ ހޮސްޕިޓަލްއަކީ 24 ގަޑިއިރަށް ޚިދުމަތްދޭ ހޮސްޕިޓަލެއް ނަމަވެސް އެތަނުން ލިބެމުން އަންނަނީ މަދު ޚިދުމަތްތަކެކެވެ. މިވަގުތު އެ ހޮސްޕިޓަލްގައި ޚިދުމަތްދެނީ 5 އެނދުގެ އިމަޖެންސީ ރޫމަކާއި، ބަލިމީހުން ބެލުމަށް ޚާއްޞަ 3 ކޮޓަރިއާއެކުއެވެ.
ގުޅުން ހުރި ޙަބަރުތައް

ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި
6 ގަޑިއިރު ކުރިން

މަސްތުވާތަކެއްޗާ ދެކޮޅަށް ޅ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި 3 މީހަކު ހައްޔަރަށް!
10 ގަޑިއިރު ކުރިން

ފުލުހުންގެ ކޮމިޝަންޑް ރޭންކުތަކަށް ދާ އޮފިސަރުންގެ ކިބައިން ޤާބިލު ލީޑަރޝިޕާއި ތަފާތު ފެންނަންޖެހޭ: ސީޕީ
11 ގަޑިއިރު ކުރިން

މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި
11 ގަޑިއިރު ކުރިން


