logo

ރާއްޖެ އެތެރެވާން އައި ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރެޓު އަތުލައިގަނެއްޖެ

profile

ޝުރުފާ މުހައްމަދު - 28 އޮކްޓޯބަރު 2024 - 00:02

އެތެރެކުރަން އުޅުނު ސިނގިރެޓު ފޮށިތައް-- ފޮޓޯ: ކަސްޓަމްސް

އެތެރެކުރަން އުޅުނު ސިނގިރެޓު ފޮށިތައް-- ފޮޓޯ: ކަސްޓަމްސް

ރާއްޖެ އެތެރެވާން އައި ބޯޓަކުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ކާޓޫނުތަކެއް އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ކުރި އިއުލާނުގައި ބުނީ ރާއްޖެ އަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރެޓު އަތުލައިގެންފައިވާ ކަމަށެވެ. އެއީ ގާތްގަޑަނޑަކަ 1.695 މިލިއަން ސިނގިރެޓު ކަމަށް ބުނެފައިވެ އެވެ.

ވަގަށް ސިނގިރޭޓު އެތެރެކުރަން މަސައްކަތްކޮށްފައި މިވަނީ ރާއްޖެ އަށް ސިނގިރެޓު އެތެރެކުރެވޭ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނިކޮށެވެ. އެގޮތުން ބިލަށް ހުށަހެޅި އިސްލާހު މިވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގައި ކޮމިޓީ މަރުހަލާގަ އެވެ.

އިމްޕޯޓް ޑިއުޓީގެ މިހާރުގެ ރޭޓުން ބަލާއިރު ވެސް މިއީ 1.2 މިލިއަން ރުފިޔާ އެވެ. ދުުންފަތުގެ ޑިއުޓީ ދެގުނަ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާއިރު އަންނަ މަހުން ފެށިގެން ގެންނަ އެ ބަދަލާއި އެކު މިއީ ގާތްގަނޑަކަށް 3.2 މިލިއަން ރުފިޔާ ދައްކައިގެން ރާއްޖެ އަށް އެތެރެކުރެވޭނެ ސިނގިރެޓެވެ.



https://int.etukuri.mv/
tel:+9607331319