
އިމިގްރޭޝަން ކޮންޓްރޯލަރ މުހަންމަދު ޝައްމާން ވަހީދު
މާރާމާރި ހިންގި ބިދޭސީން ހޯދައި ފިޔަވަޅު އަޅާނަން: އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން

މުހައްމަދު ހަފީޒް - 07 ޑިސެމްބަރު 2024 - 04:15
އާރޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގައި އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހަންމަދު ޝަމްއާން ވަހީދު ވިދާޅުވެޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވެފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު އާރޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގައި އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަމަށެވެ. އަދި މިކަމުގަ ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން ކޮންޓްރޯލަރ ޝަމްއާން ދެއްވާފައި ވެއެވެ.
އިއްޔެ އިރުއޮއްސި 06:22 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ މަންޒަރަށް ބަލާއިރު އެވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން އެއްވެ ތިއްބެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ތިބިކަން ފާހަގަކޮށް ލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް
ނ. މިލަދޫ ފިރިހެނަކު އޭނާގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަނީ!
ގަޑިއިރެއް ކުރިން

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވިއްޖެ: ޑރ އިސްމާއިލް ޝަފީއު
3 ގަޑިއިރު ކުރިން

އައްޑޫ ސިޓީ ކައުންސިލާއެކު ރައީސް ޔާމީން މުހިންމު މަޝްވަރާތަކެއް ކުރައްވައިފި
5 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިންޑޮނޭޝިއާގެ ލުމަޖަންގަށް 4.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
5 ގަޑިއިރު ކުރިން


