logo

ކޮރަޕްޝަން ނައްތާލުމަށް ޒުވާނުންގެ ދައުރު މުހިންމު: މިނިސްޓަރ އިހުސާން

profile

މަރްޔަމް ލީމް އަބޫބަކުރު - 28 ނޮވެމްބަރު 2024 - 01:00

މިނިސްޓަރ އިހުސާން ---ފޮޓޯ: ސަރުކަާރު

މިނިސްޓަރ އިހުސާން ---ފޮޓޯ: ސަރުކަާރު

ކޮރަޕްޝަން ނައްތާލުމަށް ޒުވާނުންގެ ދައުރު މުހިންމު ކަމަށް ދާހިލީ ސަލާމާތާ ފަންނިއްޔާތާ ބެހޭ ވުޒާރައިގެ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ލޯ އެންފޯސްމަންޓު އޭޖެންސީޒް އިން ދަ އޯއައިސީ މެންބަރު ސްޓޭޓްސްގެ 02 ވަނަ މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކޮރަޕްޝަނުގެ ސަބަބުން މުޖުތަމަޢުގެ އިޖްތިމާއީ ފޭރާން ވީދި ތަރައްގީއަށް ހުރަސްއެޅޭ ކަމަށާއި ވެރިކަން ބަލިކަށިވެގެންދާ ކަކަމަށެވެ.

ގައުމުގެ ޒުވާނުންގެ ކިބައިގައި ނަޒާހަތްތެރިކަމާއި ޢަދުލުއިންޞާފުގެ ސިފަ ހަރުލައްވަންޖެހޭ ކަމަށާއި ރަނގަޅު ސިފަތަކެއްގެ ވެރި ބަޔަކު ހުންނަ ޖީލެއް ބިނާކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަ ކުރައްވާފައި ވެއެވެ.

ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އައު އީޖާދުތަކާއި ޓެކްނޮލޮޖީއަކީ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި ޑިޖިޓަލް ޓްރާންސްޕޭރެންސީ މެކޭނިޒަމްތަކާއި، އީގޯވާނަންސް ޕްލެޓްފޯމްތަކާއި، ޕަބްލިކް އެކައުންޓެބިލިޓީ ސިސްޓަމްތަކުގެ އެހީގައި ކޮރަޕްޝަނަށް މަގުފަހިވާ ފުރުސަތުތައް ކުޑަކުރެވިދާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ހުރިހާ ފަންތިއެއްގައިވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން މަތީ ދިވެހިރާއްޖޭން ދެމި އޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރ މި ބައްދަލުވުމުގައި ދެއްވާފައެވެ.

https://wamco.com.mv/
tel:+9607331319