
ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މީރާއިން 3.4 ބިލިއަން ރުފިޔާ ހޯދައިފި

މުޙައްމަދު ފަޟްލޫން - 03 ސެޕްޓެމްބަރު 2026 - 09:21
ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މީރާއިން 3.4 ބިލިއަން ރުފިޔާ ހޯދައިފިއެވެ.
މީރާ އިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ފުރަތަމަ ކުއާޓަރުގައި 2.09 ބިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރުގައި 1.39 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.
މީރާ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޯދިފައިވަނީ ޑަނިންގް ނުވަތަ ނޯޓިސް ފޮނުވައިގެންނެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތަކުގެ ތަފްސީލަށް ބަލާއިރު
ޑަނިންގް / ނޯޓިސް ފޮނުވައިގެން: 2.39 ބިލިއަން ރުފިޔާ
ޑިއުސް ކްލިއަރެންސް މެދުވެރިކޮށް: 861.19 މިލިއަން ރުފިޔާ
ފޯނާއި އީމެއިލް މެދުވެރިކޮށް ހަނދާންކޮށްދީގެން: 192.38 މިލިއަން ރުފިޔާ
ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްގެން: 21.45 މިލިއަން ރުފިޔާ
ބޭންކް އެކައުންޓް ފްރީޒްކޮށްގެން: 14.54 މިލިއަން ރުފިޔާ
މީގެ އިތުރުން، ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކަށް ފަހު ނޯޓިސް ފޮނުވުމަށްފަހު، އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ޖުމްލަ 73 އޮޑިޓެއް ފުރިހަމަކޮށް، ޓެކުހުގެ ގޮތުގައި އިތުރަށް 92.27 މިލިއަން ރުފިޔާ ދެއްކުމަށް މީރާއިން ވަނީ އަންގާފައެވެ.
ހަމައެއާއެކު، ޓެކްސް އާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރަމުންދާ މިންވަރު ދެނެގަތުމުގެ ގޮތުން 2,612 ކޮމްޕްލަޔަންސް ޒިޔާރަތެއް ވެސް މީރާއިން ވަނީ ކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި
10 ގަޑިއިރު ކުރިން

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވަނީ މަޝްރޫއުގެ ބޮޑުކަމުން: އަމީން
13 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ފެންހިންދާ ނިޒާމާއި ކަނޑޫފާތައް ބެލެހެއްޓުމާއި ގުޅޭ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަނީ
13 ގަޑިއިރު ކުރިން

ގުޅުންތަކުގެ ވިންދު - ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރު
13 ގަޑިއިރު ކުރިން


