logo

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 16:50

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާ ދީނީ ޖަމްޢިއްޔާތަކަށް ޚާއްޞަކޮށްގެން، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

https://wamco.com.mv/

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެންބަރު 26 ވާ ހޮނިހިރު ދުވަހު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

21 ވަނަ ގަރުނުގައި އިސްލާމީ ދަޢުވަތު މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި މަހާސިންތާގެ މައިގަނޑު މަގްސަދަކީ، ދީނީ އަދި އިޖުތިމާޢީ ހިދުމަތުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

މީގެއިތުރުން، ޒަމާނީ ވަސީލަތްތަކާއެކު ދަޢުވަތު ފެތުރުމުގެ މައިދާން ފުޅާކުރުމަށް މަގުފަހިކޮށްދިނުމަކީވެސް މި ބައްދަލުވުމުގެ މުހިންމު އަމާޒެއް ކަމުގައި އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ޖަމްޢިއްޔާތަކަށް ޚާއްޞަ އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 2026 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޖަމްޢިއްޔާތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ޤައުމުގެ ދީނީ އަދި އިޖުތިމާޢީ ފޭރާން ހަރުދަނާކުރުމަށްޓަކައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ.

https://wamco.com.mv/
tel:+9607331319