
ރައީސް އޮފީހުގައި ދިގުމުއްދަތެއްވަންދެން ހިދުމަތްކުރެއްވި މއ އެކޯ އަބްދުﷲ ޝަރީފް
އަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މުޙައްމަދު ފަޟްލޫން - 03 ސެޕްޓެމްބަރު 2026 - 04:58
ރައީސް އޮފީހުގައި ދިގުމުއްދަތެއްވަންދެން ހިދުމަތްކުރެއްވި މއ އެކޯ އަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އަބްދުﷲ ޝަރީފް އަވަހާރަވި ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމަ އާއި އެކުގައި ކަަމަށެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު 2023 ވަނަ އަހަރު ހާސިލް ކުރައްވާފައިވާ އަބްދުﷲ ޝަރީފް، 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވައި، ރައީސް އޮފީހުގައި 34 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާކަން ރައިސްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
މަރްހޫމް އަބްދުﷲ ޝަރީފް އަކީ ވަރަށް ހިންގުންތެރި އަދި ވަރަށް އިހްލާސްތެރިކަމާއެކު ތެދުވެރިކަމާއެކު ހިދުމަތްކޮށްދެއްވި މަސައްކަތުގެ އަހްލާގު ހިފެހެއްޓެވި ބޭފުޅެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.
އަބްދުﷲ ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި މަރްހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވައި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި
9 ގަޑިއިރު ކުރިން

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
13 ގަޑިއިރު ކުރިން

ދެވަނަ ދައުރު ނިމުނު އިރު 24 ބިލެއްގެ މަސައްކަތްވަނީ ފުރިހަމަކޮށްފައި: ރައްޔިތުންގެ މަޖިލިސް
13 ގަޑިއިރު ކުރިން

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
13 ގަޑިއިރު ކުރިން


