logo

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

profile

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 16:51

ބަހަކާއި ސައިކަލެއް ޖެހި މަލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

https://wamco.com.mv/

މާލޭގެ ބޮޑުތަކުރުފާނުމަގު، ދަރުބާރުގެ ކައިރީގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ހަވީރު 17:10 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި ސައިކަލުގައި ދުއްވަން އިން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލުގެ ފަހަތުގައި އިން 72 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހުންނަށް ސީރިއަސް އަނިޔާއެއްވެފައިނުވާއިރު އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިދުވަސްވަރު މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ގިނަވަމުންދާތީ އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުންނާ ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319