logo

ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ޖުލައިމަހު މަދުވެއްޖެ: އެޗްޕީއޭ

profile

އާމިނަތު ޝަޒްލާ - 13 އޯގަސްޓު 2026 - 14:26

ރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތަކުގެ އަދަދު ޖޫންމަހާ އަޅާބަލާއިރު މިދިޔަ ޖުލައިމަހު ދަށްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.

https://wamco.com.mv/

އެޗްޕީއޭއިން އާންމުކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑެންގީ، އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުން ފަދަ ބަލިތައް ރިޕޯޓްކޮށްފައިވާ މިންވަރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައެވެ.

ވަކިން ހާއްސަކޮށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ ބޮޑުތަނުން މަދުވެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު ޑެންގީ ހުން ޖެހިގެން 673 މީހުން ރިޕޯޓުކޮށްފައިވާއިރު، ޖުލައި މަހު މި އަދަދު ވަނީ 443 އަށް ތިރިވެފައެވެ. މީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ޖޫން މަހު 34,877 މީހުން ރިޕޯޓްކޮށްފައިވާއިރު، ޖުލައި މަހު އެ އަދަދު ވަނީ 29,663 އަށް ދަށްވެފައެވެ.

ބަލިތައް މަދުވަމުންދިޔަ ނަމަވެސް، ބަލިތަކުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުވުމަށް އެ އެޖެންސީން އިރުޝާދު ދެއްވައެވެ.

އޭގެތެރޭގައި ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެދުން އެޅުމާއި، މަދިރި ލޯޝަން، ސްޕްރޭ ނުވަތަ ރެޕެލެންޓް ބޭނުންކުރުމާއި، ފަތިސް ގަޑިއާއި ހެނދުނު ގަޑީގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ހުސް ފުޅި، ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާލާފައި ނުބެހެއްޓުމުގެ އިތުރުން ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން އަބަދުވެސް ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ.

ޑެންގީ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރޭގައި ގިނަގިނައިން އަރާމުކުރުމާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުމުގެ އިތުރުން ހުން މަޑުކުރުމަށް ޕެރެސެޓަމޯލް ބޭނުންކުރުން ހިމެނެއެވެ. އެހެންނަމަވެސް ބަލީގެ އަލާމާތްތައް ގޯސްވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.

https://wamco.com.mv/
tel:+9607331319