logo

ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ އިފްތިތާހުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 13 އޯގަސްޓު 2026 - 13:25

ދައުލަތުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި ނިންމުންތައް ނިންމާ މަރުހަލާތަކުގައި އަންހެނުންގެ ބައިވެރިވުމާއި އިރުޝާދު ހިމެނުމަށްޓަކައި، ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

މި ނިޒާމަކީ އިޖުތިމާއީ އަދާލަތާއި ރައްކާތެރިކަމާ ގުޅޭ ނިންމުންތަކުގައި އަންހެނުންގެ ހިޔާލާއި މަޝްވަރާ ފުރިހަމައަށް ހިމަނައި، އެ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ގައުމީ ފެންވަރުގެ ސިޔާސަތުތައް އެކުލަވައިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ތައާރަފުކުރި ނިޒާމެކެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެންނެވެ.

އަންހެނުންގެ މަންސައިގެ މައިގަނޑު މަގްސަދަކީ، ރަށު ފެންވަރުން ފެށިގެން އަތޮޅު އަދި ގައުމީ ފެންވަރާ ހަމައަށް އަންހެނުންގެ އަޑު އިއްވޭނެ، ބައިވެރިވުން ހިމެނޭ ހިންގުމުގެ ނިޒާމެއް ގާއިމުކުރުމެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ނިންމާ މުހިންމު ނިންމުންތަކަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ، އަދި މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ނިންމުންތަކަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ފާހަގަކުރެއެވެ.

މި މަޝްރޫއުގެ ދަށުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަންދޫބުން ހިމެނޭ ގޮތަށް އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަތޮޅު/ސިޓީ މަންސަ ތައް ގާއިމުކޮށް، ސިޔާސަތުތައް އެކުލަވައިލުމުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
tel:+9607331319