
ނ. ޅޮހީގައި ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

އާމިނަތު ޝަޒްލާ - 16 އޮކްޓޯބަރު 2026 - 13:02
ނ. ޅޮހީގައި ތަރައްގީކުރި އައުޓްޑޯ ޖިމްގެ އަމަލީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ. މި މަޝްރޫޢަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ޅޮހީގައި އައުޓްޑޯ ޖިމެއް ގާއިމުކުރުމުގެ މަސައްކަތް ފެނަކައާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މި މަސައްކަތުގެ ދަށުން އެ ރަށުގައި ކަސްރަތު ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހިމެނޭހެން އައުޓްޑޯ ޖިމް ވަނީ ފުރިހަމައަށް ގާއިމުކޮށްފައެވެ.
މި އައުޓްޑޯ ޖިމަކީ ޅޮހީގެ ރައްޔިތުންގެ މެދުގައި ކަސްރަތުކުރުމުގެ ރަނގަޅު އާދަ އަށަގަންނުވައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމުގެ މާތް މަގުސަދުގައި ގާއިމުކުރެވުނު ތަނެކެވެ. މި ވަސީލަތުގެ ސަބަބުން ރަށުގެ ޒުވާނުންނާއި، އުމުރުން ދުވަސްވީ ފަރާތްތަކުގެ އިތުރުން އަންހެނުންނަށްވެސް ފަސޭހަކަމާއެކު ކަސްރަތު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސަރުކާރުން ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ރަށްރަށުގައި ކުޅިވަރާއި ކަސްރަތުގެ ވަސީލަތްތައް ތަރައްގީކޮށް، ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މައިނިންގ މަޝްރޫޢުގެ ލިޔެކިޔުންތައް އޮޅުވާލި ކަމުގެ ތުހުމަތު އަދާނީއަށް!
30 މިނިޓު ކުރިން

އައްޑޫ ސިޓީ ދަނޑުވެރިންނަށް ހާއްސަކޮށްގެން މީދޫގައި މާރުކޭޓެއް ހުޅުވައިފި
2 ގަޑިއިރު ކުރިން

އޯޒޯން އޮފިސަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
2 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފި
2 ގަޑިއިރު ކުރިން


