logo

ފަތުރުވެރިކަމުގެ 99 އިންސައްތަ އެނދު އޮޕަރޭޝަނަށް!

profile

މުޙައްމަދު ފަޟްލޫން - 10 އޮކްޓޯބަރު 2026 - 11:25

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ރަޖިސްޓްރީކޮށްފައިވާ އެނދުތަކުގެ 99 އިންސައްތަ މިހާރު އޮޕަރޭޝަނަށް ގެނެވި، ހިދުމަތް ދެމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

https://wamco.com.mv/

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން މި ހިނގާ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ 1،293 ފެސިލިޓީގައި ޖުމްލަ 68،733 އެނދު ހިމެނެއެވެ.

މީގެ ތެރެއިން 1،289 ފެސިލިޓީއަކުން މިވަގުތު އޮޕަރޭޝަންތައް ކުރިއަށްގެންދާއިރު، އެ ތަންތަނުގައި ޚިދުމަތް ދެމުންދާ އެނދުގެ ޖުމްލަ އަދަދަކީ 68،013 އެވެ.

މިވަގުތު ޚިދުމަތްދެމުންދާ ފެސިލިޓީތަކާއި އެނދުގެ ތަފްސީލަށް ބަލާއިރު 189 ރިސޯޓެއްގައި 45،171 އެނދު ހިމެނޭއިރު 927 ގެސްޓް ހައުސްގައި 16،822 އެނދު ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،642،478 ދަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ރިސޯޓުތަކުގައި 1،188،689 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު، ގެސްޓްހައުސްތަކުގައި 352،544 ފަތުރުވެރިން ވަނީ ވަގުތު ހޭދަކޮށްފައެވެ.

މީގެއިތުރުން ހޮޓާތަކުގައި 36،869 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 30،678 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މިވަގުތު 180 ރިސޯޓާއި 927 ގެސްޓް ހައުސްގެ އިތުރުން 16 ހޮޓަލާއި 166 ޓޫރިސްޓް އުޅަނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319