logo

ސުޕްރީމް ކޯޓްގެ އިމާރާތް އެޅުމަށް ބިމެއް ހަމަޖައްސައިފި

profile

މުޙައްމަދު ފަޟްލޫން - 10 އޮކްޓޯބަރު 2026 - 13:06

ސުޕްރީމް ކޯޓްގެ އިމާރާތް އެޅުމަށް ބިމެއް ހަމަޖައްސައިފިއެވެ.

https://wamco.com.mv/

ސުޕްރީމް ކޯޓްގެ އައު އިމާރާތް އެޅުމަށް ސޯޝަލް ސެންޓަރގެ ފުރަގަހުގައި އޮންނަ ބިން ސަރުކާރުން ހަމަޖައްސަވައިދީފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އްބަދުލް ގަނީ މުހައްމަދު ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި ތީމުގޭގައި ހިންގަމުން އަންނަ ސުޕްރީމް ކޯޓް އެހެންތަނަކަށް ބަދަލުކުރަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ސުޕްރީމް ކޯޓަށް 18 އަހަރު ފުރުން ފާޙަގަކުރަން ބޭއްވުނު ރަސްމިއްޔާތުގައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މާލޭގެ އެންމެ ޕްރައިމް ސަރަހައްދުން ސުޕްރީމް ކޯޓު އަޅަން ބިން ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ސުޕްރީމް ކޯޓް އަޅަން ސަރުކާރުން ވަނީ ސޯޝަލް ސެންޓަރު ފުރަގަހުން ބޮޑުތަކުރުފާނު މަގާއި ދިމާލަށް އޮންނަ 18،000 އަކަފޫޓްގެ ބިން ހަމަޖައްސައިދީފައެވެ.

ސުޕްރީމް ކޯޓް އެންމެ ފުރަތަމަ ހިންގަން ފަށާފައިވަނީ މުލީއާގޭގައެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މުލީއާގެ އަލުން ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރަން ފެށުމުން ފަހުން ސުޕްރީމް ކޯޓްވަނީ ކުރިން ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތީމުގެއަށް ބަދަލުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319