
އުލިގަމާއި އުތީމުން 58 ޖަމާޢަތްތެރިން ތަމްރީނުވެއްޖެ

އާމިނަތު ޝަޒްލާ - 10 އޮކްޓޯބަރު 2026 - 13:46
ދިވެހިރާއްޖޭގައި ކަށުކަމާކެމީގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. އުލިގަމާއި ހއ. އުތީމުގައި ހިންގި ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމު 58 ބައިވެރިއަކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދިއުމުގެ ސެޓްފިކެޓާއި ރަސްމީ ހުއްދަ، ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް އަރުވާފައިވަނީ މި ދެ ރަށުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުތަކުގައެވެ.
ހއ. އުލިގަމުގައި މި ތަމްރީނު ކުރިއަށްގެންގޮސްފައިވަނީ، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒާއި، އުލިގަމު ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންނެވެ. މި ޕްރޮގްރާމުގައި ޖުމްލަ 36 ބައިވެރިއަކު ކާމިޔާބުކަމާއެކު ފާސްވެފައިވާއިރު، އެ ބޭފުޅުންނަށް ސެޓްފިކެޓާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ އަރުވާފައިވަނީ އޮކްޓޫބަރު 6 ވީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.
އަދި، ހއ. އުތީމުގައިވެސް މި ތަމްރީނު ޕްރޮގްރާމު ކުރިއަށްގެންގޮސްފައިވަނީ، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒާއި، އުތީމު ކައުންސިލް އަދި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންނެވެ. 2026 އޮކްޓޫބަރު 7 ވީ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ފުރިހަމަކުރި 22 ބައިވެރިއަކަށް ސެޓްފިކެޓާއި ރަސްމީ ހުއްދަ ވަނީ އަރުވާފައެވެ.
2024 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް، ރާއްޖޭގެ ތަފާތު ސަރަހައްދުތަކުން 900 އާ ގާތްކުރާ އަދަދަކަށް ޖަމާޢަތްތެރިން ތަމްރީނުކޮށް، ޖަމާޢަތްރެރިކަމުގެ ސެޓްފިކެޓާއި ހުއްދަ ދެވިފައިވެއެވެ. މިއީ ރަށްރަށުގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެ، ނިޔާވާ ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންކަން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކުރުމަށް މުޖުތަމައުތައް އަދާކުރަންޖެހޭ އަސާސީ ދީނީ ވާޖިބުތައް އަދާކުރުމަށް ލިބުނު ބޮޑު ބާރެކެވެ.ހއ. އުލިގަމާއި ހއ. އުތީމުގައި ހިންގި ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި 58 ބައިވެރިއަކު ސެޓްފިކެޓް ހާޞިލުކޮށްފި
ގުޅުން ހުރި ޙަބަރުތައް

ގުޅުންތަކުގެ ވިންދު – ރަހިމުގެ ގުޅުމުގެ މުހިއްމުކަން!
9 ގަޑިއިރު ކުރިން

ށ. ފޯކައިދޫ އަދި މިލަންދޫ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށް
9 ގަޑިއިރު ކުރިން

ސުޕްރީމް ކޯޓްގެ އިމާރާތް އެޅުމަށް ބިމެއް ހަމަޖައްސައިފި
9 ގަޑިއިރު ކުރިން

"ބޭސިކް މެރިކަލްޗަރ ޓްރޭނިންގ ޕްރޮގްރާމް"ގެ ތިންވަނަ ބުރު މަނިޔަފުށީގައި ފަށައިފި
10 ގަޑިއިރު ކުރިން


