logo

އަނުރަ ކުމާރަ ޑިސަނަޔަކަ ރައީސްކަމުގެ ހުވާ ކުރައްވައިފި

profile

ސައިފް އަޒުހަރު - 23 ސެޕްޓެމްބަރު 2024 - 12:18

އަނުރަ ކުމާރަ ޑިސަނަޔަކަ، ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ:

އަނުރަ ކުމާރަ ޑިސަނަޔަކަ، ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ:

ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ޑިސަނަޔަކަ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

އުމުރުފުޅުން 55 އަހަރުގެ އަނުރަ ކުމާރަ ޑިސަނަޔަކަ ރައީސްކަމުގެ ހުވާ ކުރެއްވީ ސްރީލަންކާގެ ޗީފް ޖަސްޓިސް ޖަޔަންތަ ޖަޔަސޫރިޔަ ކުރިފުޅުމަތީގައެވެ.

ހުވާ ކުރެއްވުމުގެ ޚާއްސަ ރަސްމިއްޔާތު އޮތީ ވެރިރަށް ކޮޅުނބުގައި ހުންނަ ރިޔާސީ ގަނޑުވަރުގައި މިއަދު ހެނދުނުއެވެ.

އަނުރަ ކުމާރަ ޑިސަނަޔަކަ ވެވަޑައިގެންނެވީ ސްރީލަންކާގެ 9 ވަނަ ރައީސަށެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އަނުރަ ކުމާރަ ޑިސަނަޔަކަ ވިދާޅުވީ، ސްރީލަންކާއަށް ދިމާވެފައިވާ މައްސަލަތަކުގެ ނާޒުކުކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތަކާއި، ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވައުދުވެވަޑައި ގެންނެވިއެވެ.

އަނުރަ ކުމާރަ ޑިސަނަޔަކަ ވިދާޅުވީ، އޭނާއަކީ ޖާދޫގަރެއް ނޫން ކަމަށާއި، އޭނާއަށް އެނގިވަޑައިގަންނަވާ ކަންކަމާއި، ނޭނގޭ ކަންކަންވެސް ހުންނާނެ ކަމަށެވެ. އެހެންކަމުން، ކަމާ ގުޅުންހުރި ތަޖުރިބާކާރުންފެ ލަފާ ހޯއްދަވައިގެން ކަންކަން އިސްލާހް ކުރެއްވުމަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އަނުރަ އިންތިޚާބު ކާމިޔާބު ކުރެއްވީ 42.31 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

އަނުރަ ކުމާރަ ޑިސަނަޔަކައަކީ ޕީޕަލްސް ލިބަރޭޝަން ފްރަންޓުގެ ލީޑަރެވެ. ނަމަވެސް އޭނާ ރިޔާސީ އިންތިޚާބަށް ނުކުމެވަޑައި ގެންނެވީ "ނޭޝަނަލް ޕީޕަލްސް ޕަވަރ ކޯލިޝަން" ނަމުގައި ހެދި ސިޔާސީ ޕާޓީތައް ހިމެނޭ އިއްތިހާދުގެ ލީޑަރުގެ ހައިސިއްޔަތުންނެވެ.

https://int.etukuri.mv/
tel:+9607331319