logo

ހަންގޭރީގެ ގައުމީ ދުވަހުގެ ތަހުނިޔާ ރާއްޖޭން ފޮނުވައިފި

profile

ޒިދާން މުޙައްމަދު - 20 އޯގަސްޓު 2024 - 13:39

ހަންގޭރީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭން ތަހުނިޔާގެ މެސެޖެއް ފޮނުވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ހަންގޭރީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޕީޓަރ ސިޔާޓޯއަށް އެޑްރެސްކުރައްވައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

މިނިސްޓަރގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ހަންގޭރީގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ހަންގޭރީގެ ސަރުކާރާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދެންނެވިއެވެ.

ދިވެހިރާއްޖެއާއި ހަންގޭރީ އާ ދެމެދުގައިވަނީ ހެޔޮއެދުމާއީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ރަޙްމަތްތެރިކަން ކަމަށް އެ މެސެޖުގައި ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަށް އޮތްކަށް ފާހަގަކުރައްވާފައިވެއެވެ. އަދި، އެ މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މިފުރުސަތުގެ ބޭނުންކުރެއްވީ ކަމަށް ހަންގޭރީގެ ޚާރިޖީ ވަޒީރަށް ފޮނުވި މެސެޖުގައި މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި ހަންގޭރީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 24 މެއި 1975 ގައެވެ.

https://int.etukuri.mv/
tel:+9607331319