logo

އަފްޣާނިސްތާނުގެ ފަރާތުން ޕާކިސްތާނުގައި ހުންނަވާ މަންދޫބާ ދިވެހި ސަފީރު ބައްދަލުކުރި މައްސަލައިގައި ފިޔަވަޅުއަޅައިފި

profile

މުރުޝިދު ޢަބްދުލްޙަކީމް - 03 ނޮވެމްބަރު 2024 - 22:31

އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު

އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު

ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޠާހާ، އަފްޣާނިސްތާނުގެ ފަރާތުން ޕާކިސްތާނުގައި ހުންނަވާ މަންދޫބާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޠާހާ، ސަރުކާރުގެ ހުއްދަ ނެތި ބޭއްވި އެ ބައްދަލުވުމާ ގުޅިގެން ދިވެހި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ އަޅުއްވާފަ އެވެ.

ދިވެހިރާއްޖެއިން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލު އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އދ.އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އުސޫލުތަކަށް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.


މި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން އދ.ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްޣާނިސްތާނު ސަރުކާރު ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތްކަމުގައިވެސް ދަންނަވާ ކަަމަށް ފޮރިން މިނިސްޓްރީން ނެރުުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ސަފީރު ތާޙާއަށް އަޅާފައިވަނީ ކޮން ފިޔަވަޅެއްކަމެއް ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ.


https://wamco.com.mv/
tel:+9607331319