logo

އާންމުން ނިދަންތިއްބައި، ޓެންޓްތަކަށް ބޮންއަޅައި އެތައް ބަޔަކު ދިރިތިއްބާ އަންދާލައިފި

profile

ސައިފް އަޒުހަރު - 14 އޮކްޓޯބަރު 2024 - 12:40

ޣައްޒާގެ އުތުރުގެ ދީރުލް ބަލާހްގައި ހުންނަ އަލްއަގްސާ ހޮސްޕިޓަލްގެ ގޯތި ތެރޭގައި ޖަހާފައިވާ ޓެންޓް ކޭމްޕަށް ޒަޔަނިސްޓު ޓެރަރިސްޓުންގެ ޖެޓްތަކުން ބޮންއަޅައި، އެތައް ބަޔަކު ދިރިތިއްބާ އަންދާލައިފިއެވެ.

ހޮސްޕިޓަލްގެ ގޯތިތެރޭގައި ޖަހާފައިވާ ޓެންޓް ކޭމްޕަށް އިސްރާއީލުގެ ޓެރަރިސްޓުން ބޮންއެޅުމުގެ ސަބަބުން 30 ނުވަތަ 40 ޓެންޓްވަނީ އަލިފާން ރޯވެ އަނދާ އަޅިއަށް ވެފައެވެ.

މި ކޭމްޕަށް ޒަޔަނިސްޓު ޖެޓުތަކުން ބޮންއެޅީ، އެންމެން ނިދާފައި ތިއްބައެވެ.

މި ޖަރީމާ ހިންގުމަށް އިސްރާއީލުގެ ޓެރަރިސްޓުން ބޭނުންކުރީ އެމެރިކާއިން އެންމެފަހުން ދިން ބޮންތަކެވެ. އެއީ، ބޮން އެޅުމުގެ އަލިފާން ރޯވެ ހުޅުގަނޑު ފަޅައިގެންދާ ޒާތުގެ ބޮންތަކެވެ.

އަލިފާން ރޯވެ އިންސާނުން އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މި ޖަރީމާގައި ޝަހީދުވި މީހުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ.

މި ކޭމްޕްގައި ޖަހާފައިވާ ޓެންޓްތަކަކީ ލަކުޑިއާއި، ޕްލާސްޓިކް ނައިލޯން ބޭނުންކޮށްގެން ހަދާފައިވާ ޓެންޓްތަކެއް ކަމުން، އަލިފާންގަނޑުވަނީ ވަރަށް ބާރަށް ފެތުރިގެން ގޮސްފައެވެ.

އަދި ޓެންތަކުގައި ރޯވި އަލިފާންގަނޑު، އަގްސާ ހޮސްޕިޓަލުގެ ބަޔަކަށްވެސް ފެތުރިގެންދިޔައެވެ.

މިއީ، ލުބުނާނުގެ ހިޒްބުﷲއިން، އިސްރާއީލުގެ ޓެރަރިސްޓު ސިފައިންގެ ބޭހަކަށް އިއްޔެ ޑްރޯން ހަމަލާއެއްދީ ސިފައިންގެ އެތައް ބަޔަކު މަރާލައި، އެތައް ބަޔަކު ޒަޚަމްކޮށްލުމުން އެކަމުގެ ރުޅީގައި ހިންގި ޖަރީމާއެއް ކަމަށް ގިނަ ބަޔަކު ވާހަކަ ދައްކަމުން އެބަގެންދެއެވެ.

ހިޒްބުﷲއިން ދިން ހަމަލާގެ ބަދަލު ހިފަން ޒަޔަނިސްޓު ޓެރަރިސްޓުންނަށް އެންމެ ފަސޭހައިން އަތުޖެހުނު ބަޔަކީ ހިޒްބުﷲގެ ހަމަލާއާ އެއްވެސް ގުޅުމެއްނެތް ޣައްޒާގެ ނިކަމެތި އާންމުންނާއި ކުޑަކުދިންނެވެ.

https://wamco.com.mv/
tel:+9607331319